ހަބަރު
04 May 2026
911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިންތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ
ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 ނަންބަރަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
03 May 2026
ރަތްމަންދޫ ކޮމެޓީއަށް ކުރިމަތިލާނެ މީހަކު ނުވި، ރަކީދޫ ދެ ގޮނޑި ހުސްކޮށް
މިއީ އާބާދީ ވަރަށް ކުޑަ ދެ ރަށެވެ. މީގެ ތެރެއިން ރަތްމަންދޫ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ވެސް އެދިފަ އެވެ.
03 May 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަން: ގުރުނެގުން ބުދަ ދުވަހު
ބައި އިލެކްޝަންގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީން, އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގް (ސޯބެ) އަދި ކޮންގްރެސް ޕާޓީން, ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
03 May 2026
ރައީސްގެ ދެކަނބަލުން ލަންކާއަށް، އެއާޕޯޓުން ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
03 May 2026
މާލޭގައި އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެެހިވެފައިވާ މީހުންނަށް ފޯމް ލެވޭ ގޮތް ހަދައިފި
އެފަދަ މީހުން އެޕްލިކޭޝަން ހުށައަޅާއިރު "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހް އަންގައިދޭ ލިޔުން ހުށައަޅަން ޖެހެ އެވެ.
03 May 2026
ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި
މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
03 May 2026
ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި
މިއަހަރުގެ ހުޅަނގު މޫސުމާއި ބެހޭގޮތުން މެޓު އޮފީހުން ހިއްސާ ކުރި ޗާޓުތަކުން، އަންނަ މަހުން ފެށިގެން ސެޕްޓަމްބަރު މަހާއި ހަމައަށް ރާއްޖެއަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
03 May 2026
ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ގާއިމްކޮށްފި
މި ޕާކިންގ ޒޯން އެޗްޑީސީން ގާއިމުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން ކައިރީގައެވެ.