23 Mar 2026
ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި ފެން އުފައްދާ ނިޒާމު ނިމިއްޖެ
މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، މެދުނުކެނޑި ފެނުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި ނިޒާމު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އުސޫލުންނެވެ.