20 Mar 2026
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢީދުގެ އުފާ ފޯރުކޮށްދިނުމަށް ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި
މި ހަރަކާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންނަށް ވަނީ ޢީދު ހެދުމާއި ޢީދު ހަދިޔާ ހަވާލުކޮށްފައެވެ. މިއީ ޢީދުގެ އުފާވެރިކަން އެ ކުދިންނަށްވެސް އެންމެ ފުރިހަމަ ގޮތުގައި އިހުސާސްކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
20 Mar 2026
ދިވެހި ފުލުހުންގެ 'ޢީދު ހަވީރު 1447' ގްރޭޓާރ މާލޭގެ 4 ސަރަހައްދެއްގައި ބާއްވަނީ
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މާލޭގެ އިސްލާމީ މަރުކަޒުގެ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގެ އިތުރުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ. މިއީ އާއިލާތަކަށް އަމާޒުކޮށްގެން، ޢީދުގެ އުފާވެރިކަން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
20 Mar 2026
ފިތުރު ޒަކާތުގެ ގިޮތުގައި 15 މިލިއަން ރުފިޔާ
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 15 މިލިއަން ރުފިޔާގެ ތެރެއިން 500،000ރ. ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދޭން އިސްރާ އެސޯސިއޭޝަނާއި ރޭ ހަވާލުކޮށްފިއެވެ.
20 Mar 2026
އުރީދޫއިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ސައި ހަދިޔާކޮށްފި
މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި އާންމުންނަށް އީދު ސައި ހަދިޔާކޮށްފިއެވެ.
20 Mar 2026
އައްޑޫސިޓީއަށް ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
އައްޑޫސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
20 Mar 2026
ޔޫއެންގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ މެމްބަރަކަމުގެ ދައުރު ރާއްޖެ އިން ފަށައިފި
މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ.
20 Mar 2026
ފްލައިޓެއްތެރޭ ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި
ފުލުހުން ބުނީ ރޭ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
20 Mar 2026
ލޯންޗުން ހަތް މީހުން ދަތުރުކުރި، ގެއްލުނު ދެ މީހުން ނުފެނޭ
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.