19 Mar 2026
އެމްޑީޕީގެ ސުވާލެއް، މިވަރުން ރައްޔިތުން ގޮތް ނިންމާނީ ކިހިނެތް؟
19 Mar 2026
އެންމެ ގިނައިން ފިތުރު ޒަކާތް ބެހި އަހަރު، ބޮލަކަށް 6000ރ ދީފި
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ.
19 Mar 2026
ކެމިކަލް ގުދަނުގައި ރޯވި ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
މާލޭގެ މާފަންނު އަވަށުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ޚާއްސަ ތަހުގީގެއް ފަށައިފިއެވެ.
19 Mar 2026
އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
19 Mar 2026
އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 7 ގަޑިއިރަށްވުރެ ގިނައިރުވީފަހުން
މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ކެމިކަލް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އަލިފާން ރޯވިތާ 7 ގަޑިއިރަށްވުރެ ގިނައިރު ވީފަހުން. ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
19 Mar 2026
ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން ސޯޝަލް ސެންޓަރަށް
އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިހާބުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ކަމަށާ، ކެންޑިޑޭޓުން ސޮއި ކުރުމުގެ ކަންކަން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ކަމަށް އީސީން ބުނެފިއެވެ.
19 Mar 2026
ކެމިކަލް ގުދަނުގައި ރޯވުން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ރޭ އިއްޒުއްދީން މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމުލަ 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.
19 Mar 2026
އޭދަފުށީ އިސްލާމީ މަރުކަޒު ހިމެނޭހެން 14 މަޝްރޫއުއެއް ފަށަނީ
ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިރޭ ހަވާލުކޮށްފައިވެއެވެ.