އައު ވަޒީރުން ހުވާކުރެއްވުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Apr 2026 | 13:38
ހުރިހާ ވަޒީރުންނަށްވެސް ރުހުންދޭން މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން އައްޔަނުކުރެއްވި 14 ވަޒީރުންނަށްވެސް މަޖިލީހުން ރުހުންދީފިއެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ ބައެއް ވުޒާރާތައް އުވާލައްވައި ބައެއް ވުޒާރާތައް އެއްކުރައްވައި ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ. އެގޮތުން ބަދަލެއް ނުގެންނެވީ ހަމައެކަނި ބަންޑާރަނާއިބު އަހްމަދު އުޝާމްގެ މަގާމަށެވެ.

އަނެއް 14 ވުޒާރާގެ ނަމަށް ވެސް ވަނީ ބަދަލު ގެންނަވާފަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ހުށައަޅުއްވާފަ އެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީން އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު ނިންމެވީ 14 ވަޒީރުންނަށް ވެސް ރުހުން ދޭށެވެ. އެ ނިންމުން ނިންމީ ކޮމެޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެފަހުން މިއަދުގެ މަޖިލީހުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ވޯޓު ވަކިވަކިން ނަގާފައިވާއިރު، މަޖިލީހުން ފާސްވީ ހުރިހާ މެންބަރުންނަށްވެސް ރުހުން ދޭށެވެ.

ވޯޓުގައި ބައިވެރިވި ޕީއެންސީގެ މެންބަރުން ހުރިހާ ވަޒީރުންނަށް ވޯޓު ދެއްވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށް ރުހުން ދިނުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ނުދޭން އެ ޕާޓީގެ ފަސް މެންބަރަކު ވޯޓުދެއްވިއެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ:

* މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް, މޫސާ ޒަމީރު

* މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން

* މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް, ޙަސަން ރަޝީދު 

* މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް, އަޙްމަދު ޝިޔާމް

* މިނިސްޓަރ އޮފް ފޮރިން އެފެއާޒް, އިރުތިޝާމް އާދަމް

* މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް, ޑޮކްޓަރ އިސްމާޢީލް ޝަފީޢު

* މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ, ޤީލާ ޢަލީ

* މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދު

* މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް, ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

* މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން, މުޙައްމަދު އަމީން

* މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް, ޢަބްދުالله ރާފިޢު

* މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ހީނާ ވަލީދު

* މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް

* މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ, ޢަލީ ޝަރީފް

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި