16 Mar 2026
ބުޅަލަށް އަނިޔާކުރާ ނަމަ ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ: މިނިސްޓްރީ
ޖަނަވާރުންނަށް، ހާއްސަކޮށް ބުޅަލަށް އިހާނެތިކޮށް ހިތާ، އަނިޔާކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ދީފިއެވެ.
16 Mar 2026
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ސްރީލަންކާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގައި، ސަޕްލައި ޗޭނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތްތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ނިޒާމު މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށްޓަކައި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކޯޑު ނިޒާމު އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން، ތެޔޮ ސޭވް ކުރުމުގެ ގޮތުން، ސަރުކާރާއި އަމިއްލަ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ދިރާސަކޮށް ރިޕޯޓެއް ހުށެހެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.
16 Mar 2026
ހަ ރޯދައިގެ ނިޔަލަށް ކަންބަޅި މަސް ޞަދާޤާތްކުރުމުގެ ފުރުސަތު ހުޅުވާލައިފި
ހަ ރޯދައިގެ ނިޔަލަށް ކަންބަޅި މަސް ޞަދާޤާތްކުރުމުގެ ފުރުސަތު ހުޅުވާލައިފި
16 Mar 2026
ކުޑަކުދިންތަކަކާ މެދު ފުލުހުން އަމަލުކުރި ގޮތުގެ ކަންބޮޑުވުންތަކަށް ފުލުހުން ޖަވާބުދީފި
ފުލުހުން ވިދާޅުވީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ލިބުމާ ގުޅިގެން އެ ސަރަަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއަށް އެ ކުދިން ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
16 Mar 2026
ކުޑަހުވަދޫ ރައްޔިތުންގެ އެހީގައި ޣައްޒާގެ 1300 ފަރާތަކަށް ރޯދަވީއްލުން ދީފި
ދ. ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ހިންގި ޚާއްޞަ ހަރަކާތެއްގެ ދަށުން، ޣައްޒާގެ 1300 އެއްހާ ފަރާތަކަށް ރޯދަވީއްލުން ފޯރުކޮށްދީފިއެވެ.
15 Mar 2026
އޮނަހިރި ރޭތަކުގަ ސަދަޤާތް ކުރަން އައި.އޭ.ސީގެ ހުރި އޮޕްޝަންތައް އެނގޭތަ؟
ރަމަޟާން މަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކަކީ މަތިވެރިވެގެންވާ ރޭތަކެކެވެ. މި ރޭތަކުގައި ގިނަގިނައިން ސަދަޤާތް ކުރުމަކީ އެދެވިގެންވާ ކަމަކަށްވާއިރު، އެކަމަށްޓަކައި ނުހަނު ފަސޭހަ މަގުތަކެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ވަނީ ފަހިކޮށްދީފައެވެ.
15 Mar 2026
ޒިކުރާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރަނީ، ބިންގާ އަޅައިފި
މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެ އެވެ.
15 Mar 2026
ބޮޑު ޖަމާއަތް މާލެއާ ވިލިމާލެ އަދި ފޭސް އެކަކާއި ދޭއްގައި، 28 މިސްިތެއްގައި އީދު ކުރާނެ
މާލެސިޓީގައި ފިތުރު އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.