ރައީސް ޑރ.މުއިއްޒު
ހަބަރު
27 Apr 2026 | 10:42
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލެއް އަޅަނީ

ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން މެންޓަލް ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މެންޓަލް ހެލްތުގެ މައްސަލައަކީ މިއަދު މުޖުތަމައުގައި ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މިހާލަތުގައި މިކަން އޮތްނަމަވެސް މިއަދާހަމަޔަށް އާއިރު ސަރުކާރަކުންވެސް އަދި މުޖުތަމައުއިންވެސް މިކަމަށް ރަނގަޅުކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ރައީސް ވިދާޅުވިއެވެ.

މެންޓަލް ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިން މަސދައްކަތްކުރީ ބޭރުގެ އެހީ ހޯދައިގެން އެކަންކުރަންކަމަށެވެ. ނަމަވެސް މިހާރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާަކަން ރައީސް ވިދާޅުވިއެވެ.

ޕްރޮސީޖަރ ދިގުކަމުން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް އަދި މިކަހަލަ އެއްވެސް ޕްރޮޖެކްޓެއް ފެށޭގޮތް ނުވެ ލަސްވަމުންދާތީ، އަދި މި މައްސަލަ އިތުރަށް ވަރަށް ބޮޑަށް ރާއްޖޭގަ ބޮޑު ތުރު އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފަވާ ބޮޑު މައްސަލައަކަށް ވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފަ ސަރުކާރުގެ ބަޖެޓުން ސީދާ މި މެންޓަލް ހެލްތު ފެސިލިޓީ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ

ރައީސް ޑރ.މުއިއްޒު 

ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ދާއިރާގެ ކަންކަން ހައްލުކުރަން މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށާއި، މިދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެކަށީގެންވާ ކަންތައްތަކެއް ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި ދާއިރާގެ ފަރުވާތައް އާސަންދައިން ދޭގޮތަށް ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ ބަދަލަކީވެސް ރައްޔިތުންގެ އަތުންދާ ހަރަދުތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިކަމެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ