ފެނަކަ ކޯޕަރޭޝަން --
ހަބަރު
26 Apr 2026 | 18:59
ބިލަށް އުނި އިތުރުކަމެއް ނުގެންނަން، ޝައްކުކުރެވޭނަމަ ރީޑިން އިތުރަށް ޗެކްކުރަން އެހީތެރިވެދޭނެ: ފެނަކަ

ކަރަންޓް ބިލަށް އެއްވެސް އުނި އިތުރުކަމެއް ނުގެންނަން ކަމަށާ ނަކައިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކައިން މިހެން ބުނީ މި މަހު ފޮނުވި ނިމިދިޔަ މަހުގެ ކަރަންޓް ބިލް ދެގުނަ ބޮޑުކަން ފާހަގަކޮށް އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ފެނަކައިގެ އިތުރުން ސްޓެލްކޯއިން ފޮނުވި ބިލް ވެސް ބޮޑުކަން އާންމުން ފާހަގަ ކުރެ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ކަރަންޓްގެ ހިދުމަތްދޭ ކުންފުނިން ބުނީ މާރިޗު މަހުގެ ރީޑިން ނެގުމުގަ އާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލު ކޮށްފައިވާނީ އެހެން މަސްމަހުގައި ވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ. އެކަމުގެ ޔަގީންކަންދޭ ކަމަށް ވެސްް ބުންޏެވެ. އަދި އެ އުސޫލުވެސް ސާފުކޮށްދީފައިވެ އެވެ.

އެގޮތުން ފެނަކައިން އަމަލުކުރަމުންދާ އުސޫލަކީ، ގާނޫނާއި ގަވައިދުތަކުން ކަނޑައެޅި އާންމު ކުރެވިފައިވާ އުސޫލު ކަމަށާއި އެ އުސޫލާއި ހިލާފަށް އެ ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށްފައިނުވާނެ ކަމަށެވެ. އަދި އެއްވެސް ބިލަކަށް އުނި އިތުރުކަމެއް ގެނެސްފައި ނުވާނެ ކަމުގައި ބުންޏެވެ.

އެ ކުންފުނިން ތައްޔާރު ކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންނަމަ އެކަމުގައި އެހީތެރިކަންދޭނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފަ އެވެ.

ފެނަކައިން ވަނީ ކޮންމެ އަހަރެއްގެ މާރިޗު މަހާއި އޭޕްރިލް އަދި މެއި މަހަކީ ރާއްޖެއަށް އެންމް ހޫނުގަދަ ދުވަސްތައްކަމުން އެ މަސްތަކުގައި ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވާކަން ފާހަގަކޮށް ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ