ރައީސް ޑރ. މުހައްމަދު މުއިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު
27 Apr 2026 | 10:02
ގަނާ ކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅަނީ

ގަނާ ކުރުމަކީ ގާނޫނީ ކުށަކަށް ހަދަން "އެންޓި-ބުލީ" ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގަނާ ކުރުމަކީ މިހާރު ވެސް އަދި މީގެ ކުރިންވެސް މުޖުތަމައުގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މި ސަރުކާރުން އެއީ ވަރަށް މުހިންމު މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއްކަން ރައީސް ވަނީ ފާހަގަކޮށްފައެވެ. ރައީސް ވިދާޅުވީ، ގަނާ ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އިތުރު މަސައްކަތްތަކެއް ވެސް ކުރިއަށްގެންދާކަމަށެވެ.

މިކަން އިތުރަށް ގާނޫނީ ނިޒާމު ތެރެއިން ހުއްޓުވަމަށްޓަކައި އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމާއި ގުޅޭ ހާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށައިފިން

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބިލު ހުށެހެޅުމުގެ މަސައްކަތް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންގެންދާކަމަށެވެ. އަދި މި ބިލު ފަރުމާކޮށް މަޝްވަރާގެ ހުރިހާ ޕްރޮސެސްތަކެއް ނިމުމަށްފަހު މަޖިލީހަށް މި ބިލު ހުށަހަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ. 

ގަނާ ކުރުމުގެ މައްސަލަ މިފަހަކަށް އައިސް ވަރަށް ބޮޑުވެފާވާއިރު، ރައީސް ފާހަގަކުރެއްވި ގޮތުގައި އާސަންދައިގެ ދަށުން ސައިކޮލޮޖިކަލް ފަރުވާ ލިބޭނެ އިންތިޒާމު މި އަހަރުގެ ޖަނަަވަރީ މަހުގެ 1 ވަނަ ދުވަހުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ގިނަ ބަޔަކު ފަރުވާ ހޯދާފައިވާކަމަށެވެ. އެގޮތުން މިހިނގާ އޭޕްރިލް 23 އާއި ހަމައަށް 10،954 ފަރާތްތަކުން ފަރުވާ ހޯދާފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ