އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް --
ހަބަރު
27 Apr 2026 | 00:09
އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް: ކާމިޔާބު ކަމާއެކު ބާއްވައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވިސް) ގެ ފަސްޓް ނެޝަނަލް ސްވިމް މީޓް ބާއްވައިފި އެވެ.

ހުޅުމާލެ ސްވިމިންގ ޕޫލް ޓްރެކްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ނުވަ އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވެ އެވެ. އެއީ އަންހެން 9 އެތުލީޓުންނާއި ފިރިހެން 29 އެތުލީޓުންނެވެ.

މިއީ އެސް-އޯ މޯލްޑިވިސް އިން ސްވިމިންގ ކޮމްޕެޓިޝަން ގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުންގެ ނަންވެސް ވަނީ "ނެޝަނަލް ސްވިމް މީޓް" އަށް ބަދަލުކޮށްފަ އެވެ. 

އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް --

މި ގޮތުން މުބާރާތުގެ ޤަވާޢިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ޤަވާޢިދުތަކަށް ހޭލުންތެރި ކުރުވާފަ އެވެ.  

މި މުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މިނިސްޓަރގެ ނައިބު އިބްރާހީމް ފާއިދު ބައިވެރިވެފައިވެ އެވެ.

އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް -- 

މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އައިޝަތު މަނާލް ޙާލިދް ވަނީ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރި ވަނަވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ޙާވާލުކޮށް ދެއްވާފަ އެވެ.

އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް --

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް --

ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް،ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާދާއިރާއެއްގައި މުޅިރާއްޖޭގައި ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ