ހަބަރު
26 Apr 2026
އިބުރޭ އަށް ފިޔަވަޅު އަޅައިދޭން މީކާއިލް އެދިއްޖެ
އެމްޑީޕީގެ ދާއިމީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭނުގައި، ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަކި ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.
26 Apr 2026
އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާގޮތް މެންބަރުންނަށް ސާފުކޮށްދޭނަން
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވަނީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް އިވިގެންދިޔައީ ޕާޓީގެ ހިންގުމާމެދު އޮތް ޝަކުވާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ނޭނގޭކަމުގެ ކަންބޮޑުވުން އާންމު މެންބަރުން ފާޅުކޮށްފައިވާކަން އޭނާ ވިދާޅުވިއެވެ.
26 Apr 2026
ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ތަކެތި ޖަޕާނުން ހަދިޔާކޮށްފި
ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން، ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ގާތްގަނޑަކަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ހަވާލުކޮށްފިއެވެ.
26 Apr 2026
މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ / ފެޝަން، ޙަސަން ފަޔާޟް (40އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައެވެ.
26 Apr 2026
ހޫނުން ރަައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސާ ބޯއަނބުރައި، އަކުނިވަޔަށްދެމުމުގެ އިތުރުން ވަރުދެރަވެ ލޮލަށް ގެއްލުން ލިބުމަށް މަގުފަހިވެއެވެ. އެގޮތުން، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނަގައި، ކުދި ރަތް ބިހިތައް ހަންގަނޑުގައި ނަގާނެއެވެ. އެގޮތުން، އެޗްޕީއޭއިން ވަނީ ހޫނުގަދަވުމުގެ ސަބަބުން މިފަދަ އަލާމަތްތައް ފެންނަނަމަ އަވަހަށް ސިއްހީ އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
26 Apr 2026
މާލޭގައި 500 ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއެކު އެއްބަސްވުމެއް
މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
26 Apr 2026
އޭޑީކޭ ޖީޓީ އިން ދުނިޔޭގެ މަޝްހޫރު "ޓެނާ" އިންކޮންޓިނެންސް ކެއަރ ރާއްޖެއަށް ތަޢާރަފުކޮށްފި
ޓެނާ އަކީ 60 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު، ދުނިޔޭގެ 120 އަށް ވުރެ ގިނަ ޤައުމުގައި ޚިދުމަތް ދެމުން އަންނަ ބްރޭންޑެކެވެ. ކޮންމެ ދުވަހަކު އަށް މިލިއަނަށް ވުރެ ގިނަ ޓެނާ އުފެއްދުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވެއެވެ.
26 Apr 2026
ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
މިގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30 އިން 13:00 އަށެވެ.
26 Apr 2026
މިހާރުގެ މި ޕީއެންސީ ވެރިކަން އަޅުގަނޑުމެން ކޮންމެހެންވެސް ބަދަލު ކުރަންޖެހޭ: ރައީސް ނަޝީދު
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިހާބަށް އެމަނިކުފާނު ހޮވުމަށްޓަކައި މިހާރު ކުރިއަށްގެންދާ "ބޮޑު ބަދަލު" ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އައްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.
26 Apr 2026
ކިލޯ އަކަށްވުރެ މަސްތުވާތަކެއްޗާއެކު ބަންގްލަދޭޝް ދެމީހުން ހައްޔަރު ކޮށްފި
ވައިގެމަގުން ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެމީހުން ހައްޔަރުކޮށްފިއެވެ.