މީކާއިލް ނަސީމް؛ ފޮޓޯ / ވޮއިސް
ހަބަރު
26 Apr 2026 | 15:46
އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާގޮތް މެންބަރުންނަށް ސާފުކޮށްދޭނަން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް، ޕާޓީގެ މާލީ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފިއެވެ.

މީކާއިލް މިހެން ވިދާޅުވެފައިވަނީ، "އިތުބާރު" ކެމްޕެއިންގެ ފަރާތުން ރޭ މާލޭގެ ސިޓީ ހޮޓާ ކަންމަތީގައި ބޭއްވި "އިތުބާރު ކަންމަތީ ބައްދަލުވުން" ގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވަނީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް އިވިގެންދިޔައީ ޕާޓީގެ ހިންގުމާމެދު އޮތް ޝަކުވާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ނޭނގޭކަމުގެ ކަންބޮޑުވުން އާންމު މެންބަރުން ފާޅުކޮށްފައިވާކަން އޭނާ ވިދާޅުވިއެވެ. 

ނިކަން ބައްލަވާ ނިމިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް. މި ޕާޓީއަށް ވަރަށް ބޮޑެތި އަދަދުން ފައިސާ ލިބެމުން އައި. އޭރު މި ޕާޓީގެ މެންބަރޝިޕްވެސް އޮތީ އިންތިހާއަށް މަތީގަ. އެހެންނަމަވެސް އެމްޑީޕީގެ އާންމު މެންބަރުން އަޅުގަނޑުމެންނާ ކުރާ ސުވާލަކީ އެ ފައިސާ ކޮބާތޯއޭ؟ އެމްޑީޕީގެ މާލީ ނިޒާމް، މާލީ ސިސްޓަމް ދެފުއްފެންނަ ގޮތަކަށް އެމްޑީޕީއަށް 20 އަހަރު ވެގެންދާއިރު ނެތީ ކީއްވެތޯއެވެ؟

މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވައުދުވެވަޑައިގަތީ އޭނާގެ ޗެއަރޕާސަން ކަމެއްގައި ޕާޓީއަށް ލިބޭ ފައިސާއާއި، ގޮނޑި މޭޒަށް ވާގޮތްވެސް މެންބަރުންނަށް އަންގަވައި، މާލީ ނިޒާމު ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ދޭ ފައިސާއަކީ ޙަޤީޤަތުގައިވެސް ޕާޓީގެ ކުރިއެރުމަށާއި މެންބަރުންގެ ކުރިމަގަށް ލިބޭ ފައިސާކަމުގައި ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ، ކުރިއަށް އޮތް ޗެއަރޕާސަން އިންތިޚާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ. މިއަދު ނަގާ ވޯޓަކީ ޤައުމު ސަލާމަތްކުރާނެ ބަޔަކު ހޯދައި، ޕާޓީ އެކުއެކީގައި ކުރިއަށް ގެންދާނެ ލީޑަރެއް ހޮވުމަށް ނެގޭ ވޯޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ވޯޓު ކަރުދާހުގަ އޮންނަ ސުވާލަކީ، މި ޕާޓީއަށް 2028 ކާމިޔާބު ކުރެވޭނީ މިތަނުން ކޮން ބޭފުޅެއްގެ ޗެއަރޕާސަންކަމުގެ ދަށުގަހޭ. ތިއެންމެ ބޭފުޅުން ރަނގަޅަށް ވިސްނާލައްވައިފިއްޔާ އޭގެ ޖަވާބު ވަރަށް ސާފުކޮށް ފެންނާނެ. އެއީ 'އިތުބާރު' ކެންޕޭނާކު އަޅުގަނޑުމެންނާއެކު މިހުންނެވި މީކާއީލް ނަސީމް.

ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވާއިރު، މީކާއީލްގެ "އިތުބާރު" ކެމްޕެއިން ޓީމުން އަންނަނީ މެންބަރުންގެ ކަންބޮޑުވުންތައް ގާތުން އަޑުއަހައި، އެމްޑީޕީގެ އާންމު މެންބަރުންގެ އިތުބާރު ޕާޓީގެ ނިޒާމަށް އަލުން ހޯދައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ