މީކާއިލް އާއި އިބުރޭ
ހަބަރު
26 Apr 2026 | 16:03
ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވާތީ ފިޔަވަޅު އަޅައިދޭން މީކާއިލް އެދިއްޖެ

އެމްޑީޕީގެ ދާއިމީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭނުގައި، ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަކި ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

މީކާއިލް މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީއެއްގައެވެ.

މީކާއިލްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ރައީސްު މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯ އަދި ވީޑިއޯތަކުން އެކަން ކަށަވަރުވާ ކަމަށެވެ.

ޕާޓީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އަކީ މެންބަރޝިޕްގެ ކަންކަމާއި އިންތިޚާބުތައް ހިންގުމާ ހަވާލުވެ ހުންނަވާ ފަރާތަށް ވާއިރު، އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ވަކި އަތަކަށް ނުޖެހޭ، ނަޒާހަތްތެރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. އިބުރޭ ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕޭނުގައި އުޅުއްވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނާޖާއިޒު ފައިދާ އެ ކެންޑިޑޭޓަށް ފޯރުކޮށްދީ، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިގޮތަށް ޕާޓީގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅަކު ވަކި ބޭފުޅަކަށް ބައިއަތު ހިފުމަކީ، އެހެން ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް،" މީކާއިލްގެ ސިޓީގައިވެއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އޭނާ މި އިންތިޚާބަށް ކުރިމަތިލެއްވީ އާންމު މެންބަރުންގެ ގެއްލިފައިވާ އިތުބާރު ހޯދައިދީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ. އެހެންކަމުން، އިންތިޚާބުގެ ކެމްޕޭން މުއްދަތުގައި އިބްރާހީމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ ބައްލަވައި، ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް ޗެއަރޕާސަންގެ ކިބައިން މީކާއިލް ވަނީ އިހްލާސްތެރިކަމާއެކު އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ