ރައީސް ނަޝިދު، އައްޑޫގައު ވާހަކަދައްކަވަނީ
ހަބަރު
26 Apr 2026 | 10:50
މިހާރުގެ މި ޕީއެންސީ ވެރިކަން އަޅުގަނޑުމެން ކޮންމެހެންވެސް ބަދަލު ކުރަންޖެހޭ: ރައީސް ނަޝީދު

މިހާރުގެ މި ޕީއެންސީ ވެރިކަން ކޮންމެހެންވެސް ބަދަލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިހާބަށް އެމަނިކުފާނު ހޮވުމަށްޓަކައި މިހާރު ކުރިއަށްގެންދާ "ބޮޑު ބަދަލު" ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އައްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.

މިހާރުގެ މި ޕީއެންސީ ވެރިކަން އަޅުގަނޑުމެން ކޮންމެހެންވެސް ބަދަލު ކުރަންޖެހޭ.  

ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެ ބަދަލު ގެނެވޭނީ އެމަނިކުފާނު ދެކޭގޮތުގައި، އެމްޑީޕީއަށެވެ. މީގެ އިތުރުން އެއީ މިހާރު ހަމައެކަނި ޕާޓީއެއް ނޫންކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެ ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނީ އަޅުގަނޑު ދުށް ގޮތުގައި އަދި އަޅުގަނޑު މިހާރު އަބަދުވެސް ދެކޭގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އޭ މިކިޔޭ މުއައްސަސާއިން. އެއީ މިހާރު ހަމައެކަނި ޕާޓީއެއް ނޫން.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، ސަރުކާރު ބަދަލު ނުވެ 2028 އަތުވެއްޖެނަމަ އެއީ ރާއްޖެއަށް އެމަނިކުފާނު ދެކޭގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ފާހަގަކޮށްފައެވެ.

އަޅުގަނޑު ޕާޓީގެ ޗެއާރޕާސަން ކަމާ ހަވާލު މިވަނީ، ހަވާލުވުމަށް އަޅުގަނޑު އެދެނީ، އަޅުގަނޑު ދެކޭގޮތުގައި މި ބަދަލު، ސަރުކާރު ބަދަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަރުކާރު ބަދަލު ނުވެ 2028 ވަނަ އަހަރު އަތުވެއްޖެ ނަމަ އެއީ މި ދިވެހިރާއްޖެއަށް އަޅުގަނޑު ދެކޭގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ، އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަކީ މި ރާއްޖޭގެ ރައްޔިތުން ކޮންމެހެންވެސް، އެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް.

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބާރުވެރި ފަރާތްތަކުން ކުރަމުން ގެންދަނީ ކޮންކަމެއްތޯ އެ މީހުންނަށް ފާރަވެރިވެ ތިބުން އެއީ އެންމެ މުހިންމު މަސައްކަތް ކަމެވެ.

ރައީސް ނަޝީދު ވަނީ ގާނާގައި އެމަނިކުފާނު އަދާކުރަމުންދިޔަ މަގާމުގެ ދައުރު ހަމަވުމުން އަނބުރާ ރާއްޖެ ވަޑައިގެން ރަސްމީކޮށް ސިޔާސީ މައިދާނުގައި އަލުން މަސައްކަތް ފައްޓަވާފައެވެ. 

ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން، މީކާއިލް އަޙްމަދު ނަސީމް އާއި އަލްހާން ފަހުމީ ވެސް ވާދަކުރައްވައެވެ. އެގޮތުން، ރައީސް ނަޝީދު އާއި ފައްޔާޞު އިސްމާއިލް ގުޅިގެން ވަނީ "ބޮޑު ބަދަލު" ގެ ނަމުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވަން ހުށެހެޅުމަށް ހުށަހަަޅަން ނިންމަވާފައެވެ.

މީގެ އިތުރުން، އެމްޑީޕީން ދަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން ކޮންމެ ރެއަކު ވެސް މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާވެރިން މާލޭގެ މަގުމަތިން ކޮންމެ ރެއަކުވެސް މުލިއާގެ އާއި ދިމާލަށް ދާން މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.