ހޫނުގަދަ ދުވަހެއްގެ ތެރެއިން ދުވަހެއް؛ ފޮޓޯ / ވޮއިސް
ހަބަރު
26 Apr 2026 | 14:04
އަނެއްކާވެސް ވަރަށް ހޫނުގަދަވެއްޖެ؛ ރަައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މި ދުވަސްކޮޅަކީ އަނެއްކާވެސް ހޫނުގަދަ ދުވަސްވަރެކައްވުމުން، ހޫނުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިހެން އިލްތިމާސްކޮށްފައިވަނީ، އެ އިދާރާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ.

އެޗްޕީއޭއިން ކުރި ޕޯސްޓް

މި ދުވަސްކޮޅު އިހުސާސް ކުރެވޭނެ ކަމަށް ލަފާކުރާ ފިނިހޫނުމިން އެންމެ މަތީ ކައްދޫގައެވެ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 39.5 ގައި ހުރިއިރު، ހަނިމާދޫގެ ހުރީ 39 އެވެ. މީގެ އިތުރުން، ކާޑެއްދޫ ގައި އިހުސާސް ކުރެވޭހޫނުމިން ހުރީ 37 ގައެވެ. އަދި އައްޑޫ ގަމުގަ އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 37.4 ގައެވެ.

ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސާ ބޯއަނބުރައި، އަކުނިވަޔަށްދެމުމުގެ އިތުރުން ވަރުދެރަވެ ލޮލަށް ގެއްލުން ލިބުމަށް މަގުފަހިވެއެވެ. އެގޮތުން، ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނަގައި، ކުދި ރަތް ބިހިތައް ހަންގަނޑުގައި ނަގާނެއެވެ. އެގޮތުން، އެޗްޕީއޭއިން ވަނީ ހޫނުގަދަވުމުގެ ސަބަބުން މިފަދަ އަލާމަތްތައް ފެންނަނަމަ އަވަހަށް ސިއްހީ އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން، ހޫނުގަދަވުމުގެ ސަބަބުން ނުރައްކާވާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުންގެ އިތުރުން، އަވީގައި ގިނަ ވަގުތު މަސައްކަތްކުރާ މީހުން ހިމެނެއެވެ.

މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި ކުޑަ ކުދިންނަށް ކުރާ އަސަރު ބޮޑުވާތީ، އެޗްޕީއޭއިން ވަނީ، ހޫނުގަދަވުމުގެ ސަބަބުން ކުޑަ ކުދިން ބޭރަށް ނުގެންދިޔުމަށާއި، 6 މަސް ފުރިފައިވާ ކުދިންނަށް ގާތުން ކިރު ނުވަތަ ދިޔާ ތަކެތި ދީ، ގަޔަށް ދޫ ތުނި ހެދުން ލެއްވުމުގެ އިތުރުން ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ކުޑަ ކުދިން ގެންދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ