"ޓެނާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / ވޮއިސް
ހަބަރު
26 Apr 2026 | 11:32
އޭޑީކޭ ޖީޓީ އިން ދުނިޔޭގެ މަޝްހޫރު "ޓެނާ" އިންކޮންޓިނެންސް ކެއަރ ރާއްޖެއަށް ތަޢާރަފުކޮށްފި

ކުޑަކަމުދާ ނިޒާމާއި ގޮހޮރުގެ މައްސަލަތަކަށް ޚާއްޞަ އުފެއްދުންތައް އުފައްދާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޓެނާ" ގެ އިންކޮންޓިނެންސް ކެއަރ ޕްރޮޑަކްޓް ރޭންޖުގެ އުފެއްދުންތައް އޭޑީކޭ ޖެނެރަލް ޓްރޭޑިންގް (އޭޑީކޭ ޖީޓީ) އިން ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ހޮޓެލް ޖެންގެ ބޯލްރޫމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއި މީޑިއާގެ ބައިވެރިންނާއެކު ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ދައްކާލީ ޓެނާ ބްރޭންޑުގެ ޕްރޮޑަކްޓް ސްޕެޝަލިސްޓެވެ. ޕްރެޒެންޓޭޝަންގައި ކްލިނިކަލް ދިރާސާތަކާއި، ބަލިމީހުންގެ ތަފާތު ޙާލަތްތަކަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ބާވަތްތަކާއި، ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު އޭޑީކޭއިން ހިއްސާކުރިއެވެ.

ޓެނާ އަކީ 60 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު، ދުނިޔޭގެ 120 އަށް ވުރެ ގިނަ ޤައުމުގައި ޚިދުމަތް ދެމުން އަންނަ ބްރޭންޑެކެވެ. ކޮންމެ ދުވަހަކު އަށް މިލިއަނަށް ވުރެ ގިނަ ޓެނާ އުފެއްދުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވެއެވެ.

އޭޑީކޭ ޖީޓީ އިން ބުނީ، ޓެނާ ބްރޭންޑުގެ ބޮޑެތި މީހުންގެ ނެޕީ ރާއްޖެއަށް އެތެރެކޮށް ފޯރުކޮށްދޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިފަހަރު ތަޢާރަފުކުރީ އެ ބްރޭންޑުގެ ފުރިހަމަ އިންކޮންޓިނެންސް ކެއަރ ރޭންޖު ކަމަށެވެ. ޞިއްޙީ މަރުކަޒުތަކާއި ޑޮކްޓަރުންނާ ގުޅިގެން، މި ދާއިރާގެ ޢިލްމީ މަޢުލޫމާތު ފެތުރުމާއި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އުފެއްދުންތައް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކޮންޓިނެންސް ކެއަރއަކީ ހަމައެކަނި ބޭނުންކުރާ ވަސީލަތެއް ނޫނެވެ. މިއީ އިންސާނާގެ ކަރާމާތާއި، ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެކެވެ" ކަމަށް ފެށުމުގެ ތަޤުރީރުގައި އޭޑީކޭ ޖީޓީން ފާހަގަކުރިއެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު، 35 އަހަރުން މަތީގެ ކޮންމެ ތިން އަންހެނަކުން އެކަކީ ކުޑަކަމުދާ ނިޒާމާ ގުޅުންހުރި ކޮންމެވެސް މައްސަލައެއް ހުންނަ މީހެކެވެ. ނަމަވެސް ގިނަ ބަޔަކު މިކަމާ މެދު ވާހަކަ ދެއްކުމަށް ލަދުގަނެ، ޚާއްޞަ ވަސީލަތް ބޭނުންކުރަނީ ވަރަށް މަދު ބައެކެވެ.

ޓެނާ އިންކޮންޓިނެންސް ރޭންޖުގެ އުފެއްދުންތައް މިހާރު އޭޑީކޭ ޖީޓީގެ އައުޓްލެޓްތަކާއި ޕާޓްނަރުންގެ ފިހާރަތަކާއި އޭޑީކޭ ފާމަސީތަކުން ލިބެން ހުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.