މިނިސްޓަރ ޝިޔާމް؛ ފޮޓޯ / ވޮއިސް
ހަބަރު
29 Apr 2026 | 16:13
އަދަދު ނޫހުން ކުރަމުން އެދަނީ ސިޔާސީ މަސައްކަތެއް: މިނިސްޓަރ ޝިޔާމް

އަދަދު ނޫހުން މިހާރު ކުރަމުންދަނީ ސިޔާސީ މަސައްކަތެއް ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، އަދަދު ނޫހުން މީގެ ކުރިން ވާނީ އޮން އެއަރގަ އެއީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ނޫހެއް ކަމުގައި "ޑިކްލެއަރ" ކޮށްފައެވެ. އަދި ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އަދަދު ނޫހުން މިހާރު ކުރަމުންދަނީ ސިޔާސީ މަސައްކަތެކެވެ.

އަދަދު ނޫސް އިން މީގެ ކުރިން އޮންނާނެ ހަމަ އޮން އެއަރގަ ޑިކްލެއަރ ކޮށްފަ ތިމަންނަމެންނަކީ މިއީ ސަރުކާރާއި ދެކޮޅު ނޫހެކޭ. 

މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

އަދަދު ނޫހާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވަނީ، އެމްޑީޕީން ކުރަމުންދާ މަސައްކަތް އަދަދު ނޫހުން ކުރަމުންދާކަންވެސް ފާހަގަކޮށްފައެވެ.

އެމްޑީޕީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ލޯކަލް ކައުންސިލް އިންތިހާބާއި ވަރަށް ގާތްވެފަ އޮށްވާ. އޭގެ ކުރިން އެމްޑީޕީއެއް ނުފެނޭ. އަދަދު ނޫހުގެ އިސްވެރިން ފެންނަ ކޮންމެ ފަހަރަކުވެސް އަޅުގަނޑު ދަންނަވަން މިހާރު އެމްޑީޕީ ނެތީމަ ތި ބޭފުޅުން ދެއްތޯއޭ މިހާރު އަސްލު އޮޕޮޒިޝަން ޕާޓީއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަނީ. ވަރަށް ފަހުރުވެރިކަމާއެކު އެ ބޭފުޅުން އެ ވާހަކަތައް އަޅުގަނޑުމެން އަނެއްހެން ސިޔާސީ ބަހުން ދައްކާ ވާހަކައެއް ކަމަކު، އެ ބޭފުޅުން ވަރަށް ފަހުރުވެރިކަމާއެކީގަ އެކަންތައް ވަރަށް ބޮޑަށް ބަލައިގަތް. އަދަދު ނޫސް މިއަދު ކުރަމުންދާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވިއެވެ.

އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިނޭކުރި ކަމަށް ތުހުމަތުކޮށް ނެރުނު "އައިޝާ" ޑޮކިއުމެންޓަރީ އާއި ގުޅިގެން ފުލުހުން ވަނީ އަދަދު އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، އެ ތަނުން ހެކި ކަމަށް ބެލެވޭ ގިނަ އިކުއިޕްމަންޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ފުލުހުން ވަނީ މިއަދު އެ ނޫހުގެ މެނޭޖިންގ އެޑިޓަރ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. މި ތަހުގީގާއި ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތުތަކެއް އަދި ދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.