ހަބަރު
23 Mar 2023
އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް ރައީސްގެ އިލްތިމާސް
މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
22 Mar 2023
"ބަލި ޤަބޫލުކޮށް އަސާސީ ޤަވައިދާ ޚިލާފުނުވުމަށް ނަޝީދަށް ވިސްނައިދީ"
އެމްޑީޕީގެ ޕްރައިމަރީ ނިމި ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުއްޖެ ކަމަށާއި، ބަލި ޤަބޫލުކުރައްވާ ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފުނުވުމަށް ނަސޭހަތްތެރިވެ ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.
22 Mar 2023
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ: އަނާރާ
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށް ޑރ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
22 Mar 2023
ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި ދެކޮޅަށް ބިލެއް ފާސްކޮށްފި
ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ.
22 Mar 2023
ފެނަކަ އެމްޑީ ދަތުރުކުރަނީ 2.8 މިލިއަން ރުފިޔާގެ ކާރެއްގައި!
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މާލެއާއި ހުޅުމާލެއާއި ދޭތެރޭ ދަތުރުކުރެއްވުމަށް 2.8 މިލިއަން ރުފިޔާގެ އަގުބޮޑު ކާރުކޮޅެއް ބައްލަވައިގެން އުޅުއްވާކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހާމަކުރައްވައިފި އެވެ.
22 Mar 2023
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ
20 މާރިޗު 2023 ވަނަ ދުވަހުގެ ރޭ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑް އާއްމުންގެ ބަޔަކު ހުރަސް އަޅައި ހުއްޓުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.
22 Mar 2023
ރަމާޟާންމަހުގެ އިޙްޔާ ޕްރޮގްރާމް މާދާމާރޭ ފަށަނީ
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ރާއްޖޭގައި ޒަމާނުއްސުރެ ކުރިއަށްގެންދާ އިޙްޔާ ޕްރޮގްރާމް މާދަމާރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
22 Mar 2023
"މި ދައުރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ވެރިން ތިބޭނީ ޖަލުގައި"
އެމްޑީޕީ އިސްވެ އިވެ ހިންގާ ކޯލިޝަން ސަރުކާރުގެ މި ދައުރު ނިމޭއިރު މިހާރު ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭބޭފުޅުން ތިއްބަވާނީ ޖަލުގައި ކަމަށް މަޖިލީހުގެ މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.