ޑރ އަނާރާ ނަޢީމް
ހަބަރު
22 Mar 2023 | 22:55
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ: އަނާރާ

ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށް ޑރ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

އަނާރާ ވިދާޅުވީ ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށާއި، އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ވަނީ އަޅާ ހެދުމަކުން ތަފާތުކުރެވިގެން ނުވާނެކަމަށެވެ.

ޑރ އަނާރާ މިފަދައިން ޓްވީޓެއް ކުރައްވާފައި މިވަނީ ޢަރަބިއްޔާ ސްކޫލްގައި ކިޔަވާ އަންހެން ދަރިވަރުން ތަކެއް ނިޤާބު އެޅުން މަނާކޮށް ނިޤާބު އަޅައިގެން ސްކޫލަށް އައުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނިޤާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ދަރިވަރުން އެދަރިވަރުންގެ ބެލެނިވެރިންނާއި އެކު ސްކޫލަށް ހާޒިރުވުމަށް އިއްޔެ އެންގުމުން ބެލެނިވެރިން އިއްޔެ ސްކޫލަށް ހާޒިރުވެފައި ވަނީ ޤާނޫނީ ވަކީލުންނާއި އެކުއެވެ.

ވަކީލުންނާއި އެކު ބެލެނިވެރިން ސްކޫލަށް ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަނީ ވަކީލުންނާއި އެކު ބައްދަލު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި މެނޭޖްމަންޓުން އަންގަން ބޭނުންވާ އެއްޗެއް އަންގާނެކަމަށް ވަނީ ބުނެފައެވެ.

ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ނިޤާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމައިފައެވެ.

ކޮމެންޓް
ހަސަންފަރީދު
އަރަބިއްޔާ އަކީކުދިންކިވާސުކޫލެއް ޔުނީފޯމް ހުންނައްޖެހޭގަވާއިދެއްއޮވޭ އެތަނަކުހިތައްއެރިހާގޮތަކައް ހެދުންއެޅިގެންނުވާނެ ކޮލެޖުތަކުގަބޭނުންގޮތަކައްހެދުންއަޅައިގެންކިޔެވޭނެ
23 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.