22 Mar 2023
"އަންހެން ލީޑަރެއް ނަމަ ނިގާބު އެޅި ދަރިވަރުންގެ ހައްގުގައި ތެދުވޭ!"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވި ފާޑުކިޔުންތަކުން ރެކެން ވެގެން "އަންހެން ކާޑު" ކުޅުއްވުމުން، ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ބަހުގެ ހަމަލާތަކެއް މާރިޔާއަށް އަމާޒުވެއްޖެ އެވެ.