ހަބަރު
22 Mar 2023 | 12:51
ރޯދަ މަހުގެ ފުރަތަމަ ރޭގެ ނިދާ!

ކުރިއަށް މި އޮތީ ބަރަކާތްތެރި ރަމަޟާން މަހާއި އެ މަހުގެ ބަރަކާތްތެރި ވެގެންވާ ރޭތަކެވެ. މި މަސް އަހަރެމެންނަށް މަރުހަބާ ކިޔާއިރު، މި މަހުގެ ފުރަތަމަ ރޭ، އާދެ މިރޭ އެންމެހައި އާދަމްގެ ދަރިންނަށް އިއްވެވޭ ނިދާ މަތިން ހަނދުމަ އައުކޮށް، އެއާއި އެއްގޮތަށް ޢަމަލު ކުރުމަށް ފުރަތަަމަ ރެއިން ފެށިގެންވެސް މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. 

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. 

(إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِى مُنَادٍ يَا بَاغِىَ الْخَيْرِ أَقْبِلْ وَيَا بَاغِىَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ 

މާނައީ، "ރަމަޟާންމަހުގެ ފުރަތަމަރޭ، ޝައިޠާނުންނާއި ނުބައި ނުލަފާ ޖިންނި ކަސްތޮޅުއެޅުވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެ އެވެ. (ރަމަޟާން މަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެ އެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ. (ރަމަޟާންމަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ބަންދުނުކުރެވެ އެވެ.

އަދި ނިދާއިއްވަވާ މަލާއިކަތްބޭކަލަކު (މާތް الله ގެ އަމުރުފުޅަށް) ނިދާ އިއްވަވަ އެވެ.

އޭ ހެޔޮ ކަންތައްތަކަށް އެދޭ މީހާ އެވެ! ހެޔޮކަންތައްތައް ކުރުމަށް އަވަސްވާށެވެ! އޭ ނުބައި ކަންތައްތައް ކުރާ މީހާ އެވެ! ތިޔަކަންތައްތައް ކުރުމުން އެއްކިބާވާށެވެ! الله (ރަމަޟާންމަހުގެ) ކޮންމެ ރެޔަކު ނަރަކައިން ބަޔަކުމީހުން މުއްތިކުރައްވަ އެވެ." (ރިވާކުރެއްވީ: އައްތިރުމިޛީ)

މި ހަދީޘް ބަސްފުޅުން އެކަނިވެސް ރަމަޟާން މަހަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް، ނުބައި ޢަމަލުތަކުން ދުރުހެލިވުމަށް ލިބިގެންދާ ފުރުސަތެއް ކަން ހާމަވެގެން ދެއެވެ. 

މީގެ އިތުރުން ވެސް ރަމަޟާންމަސް އައުމުން، ކީރިތި ރަސޫލާ (ޞައްލަ الله ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލުންނަށް ތަހުނިޔާ ވިދާޅުވެ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވަ އެވެ.

(أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ 

މާނައީ؛ "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެ އެވެ. މިއީ ބަރަކާތްތެރި މައްސަރެކެވެ. الله ޢައްޒަ ވަޖައްލަ މި މަހުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެއްވި އެވެ. މި މަހުގައި އުޑުގެ ދޮރުތައް ހުޅުވެ އެވެ. ނަރަކައިގެ ދޮރުތައް ބަންދުވެ އެވެ. ނުބައި ނުލަފާ ޝައިޠާނުން ކަސްތޮޅު އެޅުވެ އެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މި މަހުގައި ވެ އެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ގިނަގުނަވެގެންވާ ހެޔޮކަންތައްތަކުން މަޙުރޫމުވެއްޖެ އެވެ." (ރިވާކުރެއްވީ: އައްނަސާއީ)

އެހެންކަމުން، އަހަރެމެން ކޮންމެ މީހަކުވެސް ރަމަޟާން މަހާއި ކުރިމަތިލާއިރު، އެ މަހަކީ ހެޔޮ ޢަމަލުން ފުރާލައި، އެންމެހައި ނަހީ ކަންކަމުން ދުރުހެލިވާ މައްސަރަކަށް ހަދަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ. 

ރަމަޟާންމަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި، މަޖާކުރުމުގެ ރޭތަކަކަށް ނަހަދައި އެރޭތަކަކީ ދުންޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި، ރޭތަކަކަށް ހެދުމަށް މިހާރުން ފެށިގެންވެސް ޢަޒުމް ކަނޑައަޅަމާ ހެއްޔެވެ! 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.