މިދިޔަ ރަމަޟާން މަހު ބޭއްވުުނު ރަމަޟާން އިޙްޔާ ކުރުމުގެ ޖަލްސާއެއް
ހަބަރު
22 Mar 2023 | 18:09
ރަމާޟާންމަހުގެ އިޙްޔާ ޕްރޮގްރާމް މާދާމާރޭ ފަށަނީ

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ރާއްޖޭގައި ޒަމާނުއްސުރެ ކުރިއަށްގެންދާ އިޙްޔާ ޕްރޮގްރާމް މާދަމާރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވަނީ މިއަހަރުގެ އިޙްޔާ ޕްރޮގްރާމްގެ ދަށުން ޖުމްލަ 17 ޕްރޮގްރާމެއް އޮންނާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ބާއްވާ 9 ޕްރޮގްރާމަކާއި އަތޮޅުތެރޭގައި ބާއްވާ 8 ޕްރޮގްރާމެކެވެ.

މިއަހަރު މާލޭގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިންގާ އިޙްޔާ ޕްރޮގްރާމްގެ މައުޟޫއެއް ކަމަށް ކަނޑައަޅައިފައިވަނީ "ހެޔޮ ބަދަލަކަށް ރަމަޟާން" އެވެ. މާދަމާރޭ އިޙްޔާ ޕްރޮގްރާމް ފަށާއިރު މާދާމާރޭގެ ޕްރޮގްރާމްގައި ދީނީ ތަޤްރީރް ދެއްވާނީ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒާހިރު އާއި އައްޝައިޙް ހަސަން ލަޠީފެވެ.

އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ޕްރޮގްރާމް އޮންނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގެ ހޯލުގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

އައްޑޫގައި އޮންނަ އިޙްޔާ ފޯރަމްގައި ތަޤްރީރް ދެއްވާނީ "ލޮބުވެތި ނަބިއްޔާ صلي الله عليه وسلم ގެ ޙަޔާތްޕުޅުން" މި މައުޟޫއަށެވެ. ތަޤްރީރު ދެއްވާނީ އަލްއުސްތާޒް މުޙައްމަދު އަނީލް އާއި ޑރ ޢަލީ ޒާހިރުއެވެ.

އިޙްޔާ ޕްރޮގްރާމްތައް މާލޭގައި ކުރިއަށްދާނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30 ގައެވެ. އަދި އަތޮޅުތެރޭގައި ހުކުރު އަދި ހޮނިހިރު ދުވަހުގެރޭ 21:30 ގައެވެ. މާލޭގައި ކުރިއަށްދާ އިޙްޔާ ޕްރޮގްރާމްތައް ކުރިއަށް ދާނީ އިސްލާމީ މަރިކަޒުގެ ޖަލްސާކުރާ ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.

   

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.