ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ސަން
ހަބަރު
23 Mar 2023 | 13:08
މި ރޯދަަމަހު ރައީސް ޔާމީންގެ ދުޢާ އަކީ ގައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވުން: ޕީޕީއެމް

ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަށާއި، ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ ޢަމަލުތައް ސީދާ ކުރައްވާ މިމައްސަރުގެ ހެޔޮ ރަޙުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންނަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގެންފައިވާ ކަމަށެވެ.

މިއާއިއެކު ބަރަކާތްތެރި ރަމަޟާން މަހު ޢާއިލާއާއި ރައްޔިތުންނާއި ވަކިން އެކަހެރިކޮށް ހުންނަވަން ޖެހުމުގެ ހިތްދަތިކަން އެމަނިކުފާނަށް އިޙުސާސްކުރެއްވުނު ނަމަވެސް، އެމަނިކުފާނުގެ ޢަޒުމަކަށްވެސް އަދި ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ހުންނެވީ ވަރަށް ސާބިތުކަމާއެކު ވަރުގަދަކޮށްކަމުގައި ވިދާޅުވި ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އަދި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބަށް އެދި ގަދައަޅާ މަސައްކަތް ކުރައްވާއިރު، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި، ވެއްޓިފައި މިވާ އަޑިގަނޑުން އަރައިގަތުމަށް ދިވެހި ރައްޔިތުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިތްވަރު ދެއްވައި އެމަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންގޮސްދެއްވުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ އެންމެ ބޮޑު ހިތްވަރުކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި ކަމަށް ނޫސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޤައުމު ސަލާމްތްކޮށްދެއްވައި، ޤައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާކަމަށާއި، މި މައްސަރަކީ ހުރިހާ ގޮތަކުންވެސް މިޤައުމާއި ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލެއްވުމަށާއި މިމައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެހާ ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ދުއާ ކުރައްވާ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އަލީ ބިން ޔޫސުފް
އަހަރުމެންގެ ދުއާއަކީ ގައުމު ލޫޓުވާލާފައި ތިބި ވަގުން ދާއިމަށް މާތް ﷲ ދުނިޔޭގައި ވެސް ހުރަގޭގައި ބަންދުގައި ބޭތިއްބެވުމެވެ. އަދި ކައްވަޅުގައާއި އާޚިރަތުގައި ވޭންދެނިވި އަޒާބެއް ދެއްވުމެވެ.
23 Mar 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.