08 Dec 2022
ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އެންގޯލާއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ.