މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
08 Dec 2022 | 06:33
"ވެމްކޯގެ މަސައްކަތަށް ސިޓީ ކައުންސިލުން ހުރަހެއް ނާޅާނެ؛ ކުނި ނަގާނީ އާއްމު ތަންތަނުން"

ގޭބީސީތަކާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް މާލެ ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށާ، އެކައުންސިލުން ކުނި ނަގާނީ ހަމައެކަނި މާލޭގެ މަގު ތަކާއި އާއްމު ތަންތަނުން ކަމަށ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މަގުތަކާއި އާންމު ތަންތަން ސާފު ކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ވާއިރު، އެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއަށް އައުޓްސޯސް ކޮށްގެންނެވެ. ނަމަވެސް، ސިޓީ ކައުންސިލުން ވެމްކޯއާއެކު މާލެ އާއި ވިލިމާލޭގެ ކުނި ކެހުމާއި، އެ ކުނި ނެގުމާއި އުކާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހަމަވުމުން އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ސިޓީ ކައުންސިލްގެ އެ ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ތަފާތު ގޮތްތަކަށް ވާހަކަތައް ފެތުރެމުންދާތީ އެކަން ސާފުކޮށް ދެއްވައި ޑރ.މުޢިއްޒު ވިދާޅުވީ ވެމްކޯ އާއި ސިޓީ ކައުންސިލާ ވެފައިވާ އެއްބަސްވުން ބާތިލު ނުކުރާ ކަމަށާ ނަމަވެސް މުއްދަތު ހަމަވުމުން އެގްރީމެންޓް ނިމުމަކަށް އަންނަނީ ކަމަށެވެ. 

އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކައުންސިލުން ކުނި ނަގާނީ މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން ކަމަށާ، އެހެން ނަމަވެސް، މާލޭގެ ގޭގެއިންނާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން މަގުތަކާއި އާއްމު ތަންތަނުން ކުނި ނެގި ނަމަވެސް، އެ ނަގާ ކުނިވެސް ހަވާލު ކުރާނީ ވެމްކޯގެ ސައިޓާ ކަމަށާ ގޭޓް ފައިސާގެ ގޮތުގައި ވެމްކޯއަށް ފައިސާ ވެސް ދައްކާނެ ކަމަށެވެ. އެހެންކަމުން ކުނި އުކާލުމުގެ ކަންކަންވެސް ކުރާނީ ވެމްކޯގެ ބާޖުތަކުގައި މިހާރު ވެސް އެކަން ކުރާ އުސޫލުން އެ ކުންފުނިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ވެމްކޯގެ މުވައްޒިފުންގެ ގޮތުގައި މަގު ކުނިކަހާ އެއްވެސް މީހެއްގެ ވަޒީފާ މި ބަދަލާއެކު ގެއްލިއްޖެނަމަ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް އެ މުވައްޒިފަށް ފުރުސަތު ދޭނެކަމަށެވެ.

މާލެ އަދި ވިލިމާލެ ސާފުކުރުމުގެ މަސައްކަތަށް މިހާރު ވެމްކޯއާއި ހަވާލުކުރެވިފައިވީ ނަމަވެސް، ޕާކު ތަކާއި އާއްމު އެކި ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މިހާރުވެސް ސިޓީ ކައުންސިލުން ކުރަމުންދެއެވެ. އޭގެ ސަބަބުން ސިޓީ ކައުންސިލްގެ އަތުން އިތުރު ޚަރަދެއް ދާއިރު، ވެމްކޯއާއި ހަވާލުކުރެވިފައިވާ އެ ޒިންމާ ރަނގަޅަށް އަދާކުރުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށާ، އެހެން ނަމަވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

ކުނި އުކާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒިފުންނަށް ވެމްްކޯއިން މިހާރު ވެސް އަހަރު 17.2 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާ ސިޓީ ކައުންސިލުން އެކަން ކުރާނަމަ 12 މިލިއަން ރުފިޔާއަށް ކުރެވޭނެ ކަމަށް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.