23 Oct 2022
"ސަރަހައްދާ ގުޅޭ މައްސަލައިގައި ނިންމުން ބަދަލެއް ނުވޭ"
ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްvއަށް ހުށައަޅާފައިވާ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކޮށްފިއެވެ.
23 Oct 2022
ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި
ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
23 Oct 2022
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
23 Oct 2022
ޗާގޯސް މައްސަލަ އެންމެ ފަހުން މަޖިލީހަށް
ޗާގޯސް މައްސަލައާ ގުޅިގެން ރާއްޖޭން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
23 Oct 2022
ލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ %51 ނިމިއްޖެ
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ %51 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
22 Oct 2022
މުފްތީ މެންކުގެ ފުރަތަމަ ދަރުސް ޚާއްސަކުރަނީ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް މިމަހުގެ 28ވާ ހުކުރު ދުވަހު ރާއްޖެ ވަޑައިގެން ރާއްޖޭގެ ބައެއް ރަށްރަށުަގއި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދަރުސް ޚާއްސަ ކުރަނީ ޑިޕްރެޝަން، އެންޒައިޓީ އަދި ނަފުސާނީ ބަލިތަކާ ގުޅޭ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
22 Oct 2022
ނެއްލައިދޫން ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް މަރުހަބާކީ ތަފާތު ގޮތަކަށް
ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.
22 Oct 2022
ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ހާމަކޮށްދިނުމަށް ގޮވާލައިފި
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ރާއްޖެއިން ނިންމި ސަބަބު ހާމަކޮށްދިނުމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައިވައިފި އެވެ.