މަސް ހިފަން ފޭބި މީހާ މޫދު އަޑިން ފެނިއްޖެ

ފޮޓޯ/ އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫ ކައިރިއަށް މަސް ހިފަން އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދި މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ތޮލާލް އަޙްމަދު، ފެހިވިނަ، ސ.ހިތަދޫ، 24 އަހަރު އެވެ. އެމްއެމްޑީއެފުން ބުނީ އެމީހާ މޫދު އަޑިން ފެނިފައިވާ ކަމަށާއި، މިހާރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން އޭނާގެ ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވާފައެއްނުވެއެވެ.

އެމްއެންޑީއެފުން ބުނީ، ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 11:32 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސައުތަން އޭރިއާގެ ކޯސްޓް ގާޑު ސްކޯޑަން އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement