ހަބަރު
24 Oct 2022
ހިޔަލަ ވިންގުން އަނެއްކާވެސް ޚިދުމަތްދޭން ފަށައިފި
ތުއްތު ކުދިންނާއި މާބަނޑު މީހުންނަށް އައިޖީއެމްއެޗުގައި ޚާއްސަ ކޮށްފައިވާ "ހިޔަލަ" ވިންގުގެ ލިފްޓުގައި މައްސަލައެއް ޖެހި އެ ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ހިދުމަތްތައް އައިޖީއެމްއެޗްގެ "ހިޔަލަ" ވިންގަށް ބަދަލުކޮށްފިއެވެ.
24 Oct 2022
"މޮރިޝަސް ކޮޅަށް ބުރަވެ ރައީސް ސިޓީ ފޮނުވީ ތަންދޮރު އެނގިނުލައްވާތީ"
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް ލިބެންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުއްވީ އެމަނިކުފާނަށް ތަންދޮރު އެނގިވަޑައިނުގަންނަވާތީކަމަށް ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
24 Oct 2022
"ސަރުކާރު ފެއިލްވެއްޖެ، ގައްދާރުނުވެ މަޖިލީހުން ގޮތް ނިންމަން ޖެހޭ"
ރައްޔިތުންނާއި ގައުމު ހިމާޔަތްކުރުމަށް ސަރުކާރު ފެއިލްވެއްޖެކަމަށާއި، ދެން އޮތީ ރައްޔިތުންނަށް ގައްދާރު ނުވެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ މަރުހަލާކަމަށް މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
24 Oct 2022
"ޗާގޯސް އަކީ މޮރިޝަސް ގެ ބައެއް ކަމަށް ރައީސް ދެންނެވި"
ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، މޮރިޝަސް ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
24 Oct 2022
ރިޟްވާން މަރާލާ ވީޑިއޯ ކަމަށް ބުނެ ފޭކް ލިންކެއް ދައުރު ކުރަން ފަށައިފި
މިނިވަން ނޫހުގެ ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާލާފައިވާ ވީޑިއޯ ކަމަށް ބުނެ ފޭކު ލިންކެއް ދައުރުކުރަން ފަށައިފިއެވެ.
24 Oct 2022
"ހަނިމާދޫ ގައި ތިބި އިންޑިއާ މީހުން ގެނައީ ކުރީ ސަރުކާރުން"
ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ގެނައީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
24 Oct 2022
ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.
24 Oct 2022
"މޮރިޝަސް އަށް ގޮސް ރައީސް ގެނައީ ކޮން އެއްޗެއްތޯ ރައްޔިތުން އަހާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފަހުން މޮރިޝަސް އަށް ވަޑައިގެން، އެ ގައުމުގެ ލީޑަރޝިޕާއި ބައްދަލު ކުރައްވައި، ރާއްޖެ ވަޑައިގެންނެވި އިރު، ގެންނެވީ ކޮންއެއްޗެއްތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.