ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން
ހަބަރު
24 Oct 2022 | 15:31
ރިޟްވާން މަރާލާ ވީޑިއޯ ކަމަށް ބުނެ ފޭކް ލިންކެއް ދައުރު ކުރަން ފަށައިފި

މިނިވަން ނޫހުގެ ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާލާފައިވާ ވީޑިއޯ ކަމަށް ބުނެ ފޭކު ލިންކެއް ދައުރުކުރަން ފަށައިފިއެވެ.

އެ ލިންކާ އެކުގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެންމެން ސިއްސުވާލި ޚަބަރަކީ ރިޟްވާން ގެއްލުނު ގޮތަށްވީ ނުވީއެއް ނޭނގުނު ހަބަރު ކަމަށެވެ.

އެގޮތުން އެ ޕޯސްޓުގައި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ފޭދޫ ފިނޮޅުން އިއްޔެ ހަވީރު 5:30 ގައި ވަޅުލާފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި އޭނާގެ ކައިރީގައި ރިޟްވާންގެ އައިޑީ ކާޑާއި އަނގޮއްޓި ފެނިފައިވާ ކަމަށެވެ. އިތުރަށް ބުނެފައިވަނީ އަހުމަދު ރިޟްވާންގެ ކަރު ބުރިކޮށްލާފައިވާ ބޯބުރިވެސް އޮތީ ވަޅުލާފައި ކަމަށާއި، ރައީސް ޔާމީން އަބްދުލްގައްޔޫމް އަޑީގައި ހުންނަވައިގެން އެ ޒުވާން ނޫސްވެރިޔާ މަރާލާފައި ހަށިގަނޑު ނައްތާލަން މަސައްކަތް ކުރިކަން މި ވީޑިއޯއިން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ.

އަދި ރިޟްވާންގެ ފޯންގައި އޭނާ މަރާލިއިރު ވީޑިއޯ އިނީ ރިކޯޑިންނަށް ލާފައި ކަމަށް ނޫނީ އޭނާ އަމިއްލައަށް ނަގާފައިވާ ވީޑިއޯއެއް ކަމަށް ބެލެވޭ ވީޑިއޯއެއް ރިލްވާންގެ ފޯނުން ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރިޟްވާން ގެއްލިފައިވަނީ 2015 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އެކަމުގެ ތަހުގީގު ކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނީ އަހުމަދު ރިޟްވާން ދޯންޏަކަށް އެރުވުމަށްފަހު ކަރުބުރިކޮށްލިކަމަށް، ގެއްލިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.