ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަނަށް ވަނީ ހުޅުވާލާފައި
ހަބަރު
07 Aug 2025 | 17:57
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަނަށް ހުޅުވާލައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް އޯ މޯލްޑިވްސް) ގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަންގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އެސްއޯ މޯލްޑިވްސް އިން ބުނި ގޮތުގައި ކޮމްޕެޓިޝަން އޮންނާނީ 22 އޯގަސްޓް އިން 24 އަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މުބާރާތުގައި ބައިވެރިވެވޭނީ 1 އޯގަސްޓް 2025 ގެ ކުރިން އެސް އޯ މޯލްޑިވްސްގައި ރަޖިސްޓްރީ ވެފައިވާ އެތުލީޓުންނަށެވެ.

ނަމަވެސް ޝާމިލުކުރަނިވި މުޖްމައުއެއް ގާއިމުކުރަމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން މިއަހަރު 100*4 މީޓަރު ރިލޭގައި ބައިވެރި ވުމުގެ ފުރުސަތު ކްލަބު ތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތަކަކީ 11 އަހަރުން ދަށް 11 އަހަރުން މައްޗެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަނަށް ވަނީ ހުޅުވާލާފައި

މި މުބާރާތުގައި ބައިވެރު ވުމަށް 14 އޯގަސްޓް 2025 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމުގެ ލިންކް، އެސް އޯ މޯލްޑިވްސްގެ ފޭސްބުކް އަދި އިންސްޓަގްރާމް އަދި އެކްސް އިން ފެންނަން ހުންނާނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަކަށް ނުވަތަ އެއްވެސް ކަމަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާ އަދި ލާރީގެ އެއްވެސް މުއާމަލާތެއް ނުކުރާނެތީ އެކަމަށް ސަމާލުވާން އެސްއޯ މޯލްޑިވްސް އިން ވަނީ އެދިފަ އެވެ.

މިދިޔަ އަހަރު މި މުބާރާތު ގައި ފިރިހެން 46 އެތުލީޓުންނާއި އަންހެން 15 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެ މުއައްސަސާ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް މެދު ނުކެނޑި ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.