ޒާހިރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 16:30
ސަރުކާރު ފެއިލްވެއްޖެ، މަޖިލީހުން ގައްދާރުނުވެ ގޮތް ނިންމަން ޖެހޭ: ޒާހިރު

ރައްޔިތުންނާއި ގައުމު ހިމާޔަތްކުރުމަށް ސަރުކާރު ފެއިލްވެއްޖެކަމަށާއި، ދެން އޮތީ ރައްޔިތުންނަށް ގައްދާރު ނުވެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ މަރުހަލާކަމަށް މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. 

މެމްބަރު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ޗާގޯސް މައްސަލައިގައި ސަރުކާރުން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން މަޖިލީހުގައި ނުރުހުން ފާޅުކުރައްވަމުންނެވެ. 

ޒާހިރު ވިދާޅުވީ ސަރުކާރެއް ވުޖޫދަށް ގެންނަނީ ރައްޔިތުންނާއި ގައުމުގެ ހައްގުތައް ހިމާޔަތްކުރުމުގެ މާތް މަގްސަދުގައިކަމަށެވެ. އެހެން ނަމަވެސް ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާގޮތުން މި ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، މިއީ ކުޑަ ކަމެއް ނޫންކަމަށެވެ. އަދި މިއީ އާންމު އުސޫލުން ހިންގާ ކަމެއް ނޫންކަމަށެވެ. ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ނިންމާލުމަކީ ސަރުކާރު ފެއިލްވުންކަމަށް ޒާހިރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

އެއާއެކު އޭނާ ވަނީ ސަރުކާރު ފެއިލްވީމާ ދެން މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާ ރައްޔިތުންނަށް ގައްދާރުނުވެ އިޚްލާސްތެރިކަމާއެކު އަދާކުރެއްވުމަށް މަޖިލީސް މެމްބަރުންނަށް ގޮވާލައްވާފައެވެ. 

"މިއީ ކުޑަ ކަމެއް ނޫން. އިތުބާރު ގެއްލޭ ވަރުގެ ކަމެއް މީ، އިތުބާރު ގެއްލިއްޖެ. އެހެންވީމާ ދެން ކަންކުރަންވީ ގޮތް މި އިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެމްބަރުން ރަނގަޅަށް ވިސްނަވައިގެން ކަންކުރެއްވުން އަޅުގަނޑު އެދެނީ. މި މަޖިލީސް ރައްޔިތުންނަށް ގައްދާރު ނުވާނެކަން އަޅުގަނޑު ޔަގީންކުރަން. ސަރުކާރުން ހީކުރީ 65 މެމްބަރުން ތިބީމާ ބޭނުންހާ ގޮތެއް ހެދޭނެކަމަށް، ރައްޔިތުންނަށް ރޭކާވެސް ނުލާނެ ގޮތަށް ކަންކަން ކުރެވޭނެ ކަމަށް، އެހެންނެއް ނުވާނެ"

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

ޒާހިރު އިތުރަށް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ދީލައިގެން ނުވާނެކަމަށެވެ. 

ޗާގޯސް މައްސަލައިގައި ސަރުކާރުން ގާނޫނާއި ގަވައިދާއި ޚިލާފަށް ނިންމުންތައް ނިންމާފައިވާއިރު، އެ ނިންމުންތަކުގެ ޒިންމާ އުފުލަން ޖެހޭނެކަމަށާއި، އެ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅުމަށް މަޖިލީހުން ފަސްޖެހިގެން ނުވާނެކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.