ޑރ މުނައްވަރު ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: މި ނޫސް
ހަބަރު
24 Oct 2022 | 19:15
ރިއްފަތަކީ އަމިއްލަ މަންފާއަށް ދައުލަތަށް ގެއްލުންވާ ގޮތަށް ސްޓޭންޑު ބަދަލު ކުރި މީހެއް: ޑރ މުނައްވަރު

ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހިމް ރިއްފަތަކީ އަމިއްލަ މަންފާއަށް ދައުލަތަށް ގެއްލުންވާގޮތަށް ސްޓޭންޑު ބަދަލުކުރުމުގެ ތާރީޚެއް އޮތް ބޭފުޅެއްކަމަށް ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމާއި ގުޅިގެން ދައުލަތަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނަމުންދާ ބުނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. 

ޑރ މުނައްވަރުގެ ވާހަކައިގައި ވަނީ ބަންޑާރަނައިބުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ރިއްފަތު ގެ ލޯފާމުން ބަލަމުން ދިޔަ މައްސަލައެއްގައި ކަންކަން ކޮށްފައިވާ ގޮތް ހިއްސާކުރައްވާފައެވެ. ޑރ މުނައްވަރު ވިދާޅުވީ ރިއްފަތުއަށް ބަންޑާރަ ނައިބުގެ މަގާމަށް ވަޑައިގެންނެވިއިރުވެސް އެ މައްސަލަ ކުރިއަށްދާ ކަމަށެވެ. 

ބަންޑާރަ ނައިބުގެ މަގާމާއި ރިއްފަތު ހަވާލުކުރެއްވުމަށްފަހު، ދައުލަތުގެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ރިއްފަތުގެ ކްލައިންޓަށް ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނުކަމަށެވެ. 

"ރިއްފަތު އެޓާނީ ޖެނަރެލްކަމުގެ މަގާމާއި ހަވާލުވެފައި ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރެއިން އެއްކަމަކީ އެބޭފުޅާއާއި އެބޭފުޅާގެ ރަހުމަތްތެރި އެހެން ބޭފުޅަކާއި ހައްދަވައިގެން އުޅުއްވާ ލޯފާމަކުން ދައުލަތާއި ދެކޮޅަށް މައްސަލައެއް ގެންގުޅުނު. މައްސަލައަކީ މިތާ ސިނގިރެޓް އިމްޕޯޓުކުރާ ކުންފުންޏަކުން އިމްޕޯޓުކޮށްފައި ހުރި ސިގިރެޓްތަކުން ޑިއުޓީ ބަދަލުވުމުގެ ގަޑި ޖެހުމުގެ ކުރިން ގަނޑި ޖެހުމުގެ ފަހުން ކަހަލަ މައްސަލައެއް، ކަސްޓަމްސްއިން ނިންމެވީ މި ސިގިރެޓް އިމްޕޯޓުކުރެވިފައި ވަނީ ޑިއުޓީ ބޮޑުވި ފަހުންނޭ، ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އޭޖީ އޮފީހުންވެސް އެ ގޮތަށް ގަބޫލުކުރައްވާއިން އެ ގޮތަށް ކުރިއަށް ގެންދަވަނިކޮށް، މައްސަލައިގައި އެއްކޮޅުން ރިއްފަތުގެ ލޯފާމު، އަނެއްކޮޅުގައި ދައުލަތް ތިއްބައި އެޓާނީ ޖެނެރަލްގެ މަގާމު ލިބުނީ ދައުލަތުގެ ޕޮސިޝަން ބަދަލުކުރީ އެއީ ގޯސްކޮށް ނަގާފައި އޮތް ޓެކްސްއެކޭ، އެހެންވީމަ އެ އަނބުރާ ދޭށޭ ޖެހޭނީ. ބައްލަވާ މި މީހުންގެ ކްލައިންޓަށް ފައިސާ ދިނީ، ކަސްޓަމްސްގައި ތިއްބެވި ބޭފުޅުން ރޮއިފަ އެ ފައިސާދެއްވީ"

ޑރ މުހައްމަދު މުނައްވަރު 

ޑރ މުވައްވަރު ވިދާޅުވީ ރިއްފަތު ދައުލަތުގެ ސްޓޭންޑް ބަދަލުކުރީ ދައުލަތުގެ މަންފާވާ ގޮތަށް ކަމަށް ވިދާޅުވުން ގަބޫލުނުކުރެވޭކަމަށެވެ. އެއީ ރިއްފަތަކީ މާޒީގައި އަމިއްލަ މަންފާއަށް ދައުލަތުގެ ސްޓޭންޑް ބަދަލުކޮށްފައިވާ ބޭފުޅަކަށް ވާތީކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

ރިއްފަތު މަގާމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ދައުލަތުން ނިންމާފައި އޮތް ކަމެއްގެ ސްޓޭންޑް ބަދަލުކުރީ އޭނާގެ ލޯ ފާމަށް ބޮޑު މަންފާއެއް ވާ ގޮތައްކަމީ މިހާރުވެސް ފެންނަން އޮތް ހަގީގަތްކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ