އެފްޑީސީ ހައުސިން ޔުނިޓުތައްކުގެ އެއްބަސްވުމުގައި ސޮއިކުރުން..
ހަބަރު
27 Jul 2025 | 14:48
އެފްޑީސީ ފުލެޓު ހައްގުވެރިންގެ ތެރެއިން 92 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިޔާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 92 މީހުންނާއެކު ފުލެޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ޙަމްދާން ޝަކީލު "ވޮއިސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ހައުސިން ޔުނިޓުތައް ލިބުނު 4،000 މީހުންގެ ތެރެއިން ބްރާސްފަތި ދުވަހު ސޮއިކުރި 40 މީހުންނާއެކު މިހާތަނަށް 92 މީހަކާއެކު އެއްބަސްވުން ގާއިމުކުރެެވިފައިވެއެވެ. މިނިވަންދުވަހުގެ ބަންދަށް އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑައިލުމަށްފަހު އަންނަ އަންގާރަދުވަހު އަލުން ފަށާނެ ކަމުގައިވެސް ހަމްދާން ވިދާޅުވިއެވެ. 

އެފްޑީސީން ބުނީ ހައުސިން މިނިސްޓްރީން ލިސްޓް ވެރިފައި ކުރުމަށްފަހު މިހާތަނަށް އެކުންފުނީގެ ޕޯޓަލަށް 2،665 ފަރާތެއްގެ ފޯމު ފޮނުވާފައިވާކަމަށެވެ

ވެރިކަން ބަދަލުވެ މި ސަރުކާރު ހަވާލުވިއިރު އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެންބީސީސީއާ ހަވާލުކޮށްގެން އަޅަމުން އައި 2،000 ޔުނިޓުގެ 38 އިންސައްތަ މަސައްކަތް ނިމިފައި ހުރިއިރު، ކޭޕީއެލްއާ ހަވާލުކޮށްގެން އަޅާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތުން ނިމިފައި އޮތީ 45 އިންސައްތަަ މަސައްކަތެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި ބާކީ ހުރި މަސައްކަތްތައް މި ސަރުކާރުން ނިންމައި ހައުސިން ޔުނިޓުތައް ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރެވޭ ހިސާބަށް މަޝްރޫއު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. 

ކުރިއާ ހިލާފަށް އެފްޑީސީ ޔުނިޓުތައް ހަވާލުކުރަނީ އެތަންތަނުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ދޭ ސަބްސިޑީ ކުލި ދައްކާ މިންވަރަށް ބިނާވާ ގޮތަށެވެ. އެގޮތުން މަހުގެ ވަކި ތާރީހެއްގައި ކުލި ނުދައްކާ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި ދޭ މިންވަރު އުނިކުރަމުން ގޮސް 26 ވަނަ ދުވަހާ ހަމައަށް ކުލި ނުދައްކައިފިނަމަ ސަބްސިޑީ އެކީގައި އުނިކުރާނެއެވެ. 

އެފްޑީސީން ބުނި ގޮތުގައި ސަބްސިޑީ އުނިކުރާ ގޮތަށް އަމަލުކުރަން ނިންމާފައިވަނީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުލި ދެއްކުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ކުލި ދައްކާ ފަރާތްތަކަށް އިންސެންޓިވްއެއް ދިނުމަށެވެ. 

ކޮމެންޓް
aisha raufa
2 ރޫމް ދިނީ ކިތައް ފުލެޓްކަން 3 ރޫމް ކިތައް ފުލެޓް ސޮއި ކުރެވުނު އިގެން ބޭނުންވާނޭ ރައްޔިތުން
27 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.