ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ހަބަރު
24 Oct 2022 | 14:07
މޮރިޝަސް އަށް ގޮސް ރައީސް ޞާލިހު ގެނައީ ކޮން އެއްޗެއްތޯ ރައްޔިތުން އެބަ އަހާ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފަހުން މޮރިޝަސް އަށް ވަޑައިގެން، އެ ގައުމުގެ ލީޑަރޝިޕާއި ބައްދަލު ކުރައްވައި، ރާއްޖެ ވަޑައިގެންނެވި އިރު، ގެންނެވީ ކޮންއެއްޗެއްތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޗާގޯސް މައްސަލައާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މި މައްސަލަ އަކީ ސިޔާސީ މައްސަލައެއް ނޫންކަމަށެވެ. އެހެނެއްްކަމަކު އެ މައްސަލަ އަކީ ގައުމީ މައްސަލައެއް ކަމަށާ، އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުތައްވެސް އެކަމުގެ ހިތި ތަޖުރިބާ ކުރަންޖެހޭނެ މައްސަލައެއް ކަމަށެވެ. އަދި އެއީ އަގުން އަނބުރާ ދައްކައި ޚަލާސް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.  

މިއާއެކު ޝިޔާމް ވިދާޅުވީ މޮރިޝަސް މައްސަލާގައި ދިވެހިރާއްޖެއަށް ގެއްލުންވާ ފަދަ ބޮޑު ނިންމެވުމަށް، އެކަމުގެ ސަބަބު ހާމަ ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވީ ކީއްވެގެންތޯ ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އެހެނީ އެ ނިންމެވުމަކީ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭގައި ހެދިފައި ހުރި ހުރިހާ ގާނޫނަކާއި ވެސް ޚިލާފް ނިންމެވުމެއްކަމަަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު އެފަދަ ނިންމެވުމެއް ރައީސް ނިންމެވި ކަމަށްޓަކައި އެމަނިކުފާނު މަގާމުން އަޒުލު ކުރަންޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ބޭރުގެ ފަރާތްތަކާއިއެކު ހަދަމުންދާ އެގްރިމެންޓް ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލަމުންދަނީވެސް އެފަދަ ސަބަބުތަކާއި ހުރެކަމަށެވެ. 

"ހައިޑްރޯ ގްރަފީގެ އެގްރީމެންޓްހެ ވާހަކަ ކިހާ އަޑު ހަރުކޮށްތޯ އަޅުގަނޑުމެން ދެއްކީ. ކާކުތޯ އެ އެގްރީމަންޓް ހިފަހައްޓައިގެން ހުރީ. ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހައިޑްރޯ ގްރަފީ އެގްރީމެންޓް ހިފަހައްޓައިގެން ހުރެފައި، މިވަރުގެ ބޮޑެތި ޑީލްތައް މި ނިންމާލާއިރު މީގެ ހަގީގަތް ރައްޔިތުންނަށް އެބަ އެނގެންޖެހޭ. ކީއްވެގެންތޯ އޮގަސްޓް މަހު އެ އޮތީ މޮރިޝަސް އަށް ގޮއްސަ ރައީސުލްޖުމްހޫރިއްޔާ. މޮރިޝަސް އަށް ގޮއްސަ އެތަނުގެ ލީޑަރޝިޕާ ބައްދަލު ކޮށްފަ ކޮން އެއްޗެއްތޯ ގެނައީ ރައްޔިތުން އެބައަހާ އަޅުގަނޑުމެން ކައިރީގައި. އެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ގެނައީ ކޮންއެއްޗެއްތޯ.؟ ކޮންއެއްޗެއް ލިބިގެންތޯ ގައުމަށް މިހާ ގައްދާރު ނިންމެވުމެއް ރައީސް ނިންމެވީ؟" 

މެންބަރު އަހުމަދު ޝިޔާމް 

ޗާގޯސް މައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއެވެ. ހޮނިހިރު ދުވަހު ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އދ އަށް ހުށަހަޅާފައިވާ މައްސަލާގައި އެގައުމާއި އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.
ސަރުކާރުން ބުނީ ސްޓޭންޑް ބަދަލުކުރީ، ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އާއި ރާއްޖޭގެ ކޮންޓިނެންޓަލް އިން ކަނޑައަޅައިދޭން މޮރިޝަސް އިން އިއުތިރާޒުކުރާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.