އާރުޑީސީން ކުރިއަށްގެންދިއަ މަޝްރޫޢުއެއްގެ ތެރެއިން.. ފޮޓޯ؛ އާރުޑީސީ
ހަބަރު
03 Aug 2025 | 11:02
2021 ވަނަ އަހަރު އާރުޑީސީން ކުރި ބައެއް ހަރަދުތަކުގެ ކިތާބީ ހެތްކެއް ނުލިބުނު: އޯޑިޓް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ދަރަނި 2021 ވަނަ އަހަރު ނިމުނުއިރު، އިންތިހާއަށް އިތުރުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އާރުޑީސީގެ 2021 ވަނަ އަހަރުގެ ފައިނޭންޝަލް އޯޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އހަަރު ކުންފުންޏަށް މާލީގޮތުން ލިބުނު ގެއްލުން ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބެންހުރި ފައިސާއަށް މާބޮޑު ބަދަލެއް އައިސްފައިނުވާއިރު، ކުންފުނީގެ ދަރަނިތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

2020 ވަނަ އަހަރު އާރުޑީސީއަށް 41.7 މިލިއަން ރުފިޔާ ގެއްލުންވިއިރު ޖެހިގެން އައި 2021 ވަނަ އަހަރު އެކުންފުންޏަށް ވަނީ 108.1 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. 2021 ވަނަ އަހަރު އިދާރީ ހަރަދުތައް 117.4 މިލިއަން ރުފިޔާގައި ހުރިއިރު، އޭގެ ކުރީ 2020 ވަނަ އަހަރު އިދާރީ ހަރަދުތައް ހުރީ 51 މިލިއަން ރުފިޔާގައެވެ. 

2021 ވަނަ ނިމުނުއިރު އާރުޑީސީގެ ޖުމްލަ ދަރަނި 323 މިލިއަން ރުފިޔާގައި ހުރިއިރު އޭގެ ކުރީ އަހަރު ނިމުނުއިރު އެ އަދަދު ހުރީ 95 މިލިއަން ރުފިޔާގައެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓަށް ބަލާއިރު، އާރުޑީސީގެ ދަރަނި 2021 ވަނަ އަހަރު ނިމުނުއިރު އެހާބޮޑަށް މައްޗަށްގޮސްފައިވަނީ ކުންފުންޏަށް ގިނަ އަދަދަކަށް މުއައްޒަފުން ނަގައި މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމުންނެވެ. 2021 ވަނަ އަހަރު ނިމުނުއިރު މުއައްޒަފުންގެ އަސާސީ މުސާރަ 14 މިލިއަނުން 33 މިލިއަނަށް އިތުރުވެގެން ދިޔައިރު އިނާޔަތްތައް ވަނީ 22 މިލިއަނުން 57 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އެ މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ދަރަނިތަކާއި ކުރި ހަރަދުތައް ޔަގީންކުރުމަށް ބޭނުންވި ކިތާބީ ހެކި ލިބިފައިނުވާކަންވެސް ފާހަގަކޮށްފައެވެ. 

އާރުޑީސީގެ ހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަކީ ފެށުނީއްސުރެވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އާރުޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ކުންފުނި ރީފޯމްކުރުމުގެ މަސައްކަތް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށ
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.