މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު-- ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 16:26
"މޮރިޝަސް ގެ ސަރުކާރުގައި ރައީސް ޞާލިހު ދަންނަވައިފި ޗާގޯސް އަކީ މޮރިޝަސް ގެ ބައެއް ކަމަށް"

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، މޮރިޝަސް ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ޗާގޯސް މައްސަލައާއި ގުޅޭގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ވިދާޅުވެ ރައީސް ޞާލިހު މޮރިޝަސް ސަރުކާރަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެފަދަ ސިޓީ އެއް ފޮނުއްވި އިރު ފޮނުވާފައިވަނީ ކޮން ބައެއް ލަފާގެ މަތިންތޯ ސުވާލު ކުރައްވައި އެ ލަފާ ހޯދި ބަޔަކާއި އެބައެއްގެ ލަފާވެސް މަޖިލީހަށް އެނގެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

"ރާއްޖޭގެ އިކޮނަމިކް ޒޯނުން 95000 އަކަ ކިލޯމީޓަރު ގެއްލިއްޖެ އިއްޒަތްތެރި ރައީސް. މިވާހަކައަށް އަޅުގަނޑުމެން މި ބަހުސް މި ކުރަނީ." 

މުހައްމަދު ސައީދު 

މިއާއެކު ސައީދު ވިދާޅުވީ، ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރުވެސް ބޭރުގެ ބަޔަކަށް ދިނުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާނެ ކަމަށާ، އެފަދައިން ކަންކަން ކުރައްވަމުންދާތީ ރާއްޖޭގެ ރައްޔިތުން ރައީސް ޞާލިހަށް އިތުބާރުވެސް ނުކުރައްވާ ކަމަށެވެ. 

މިއާއެކު މޮރިޝަސް އިން ކުރަން އުޅޭ ކަމަކާމެދުވެސް ވިސްނާލަންޖެހޭ ކަމަށެވެ. އެހެނީ، މޮރިޝަސްގައި ހަތަރު އަތޮޅު އޮތް އިރު، އޭގެ ތެރެއިން އެއް އަތޮޅުގައި އިންޑިއާ ގެ ނޭވަލް ބޭސްއެއް އެތަނުގައި ގާއިމް ކުރަމުންދާ ކަމަށެވެ.  

"މިހާރު ދިވެހި ސަރުކާރުން އެއްބަސް އެވީ، މޮރިޝަސް ގެ ފަސްވަނަ އަތޮޅު ކަމަށް ޗާގޯސް އައިލެންޑް އަކީ. އިއްޒަތްތެރި ރައީސް، ފަސްވަނަ އަތޮޅަށް ޗާގޯސް އެއީ މޮރިޝަސް ގެ ބައެއް ކަަމަށް ރައީސް ސާލިހު ވިދާޅުވާ އިރު، ރާއްޖޭގެ ކަނޑުތަކުގެ ސިއްރުތައް މިއޮންނަ ހައިޑްރޯ ގްރަފީ އެއްބަސްވުމުގައި ސިއްރުން، މި ޖަލީހަށް ނުދައްކާ ރައީސް ޞާލިހު ސޮއި ކުރައްވާފައި އެބައޮތް." ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ، އިންޑިއާގެ އަޅުވެތިކަން ރާއްޖެއަށް އަންނަ ވާހަކަ އިދިކޮޅުން ދައްކަނީ އެފަދަ ސަބަބު ތަކާއި ހުރެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.