ހަބަރު
24 Mar 2025
ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހަމަޖައްސައިފި
ހެލްތް މިނިސްޓްރީން މިއަދު ބުނީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކާއި ޑިރެކްޓަރުގެ މަގާމަށް ވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
24 Mar 2025
ރާއްޖެ-ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި އިހްތިރާމްގެ މައްޗަށް
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އެއް އަޤީދާއަކާއި، އެއް ސަޤާފަތަކާއި، އެއް ތަރިކައަކާއި، އެއް މަޞްލަޙަތުތަކަކާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނަރ ފައިސަލް ރަސޫލް ލޯދީ ވިދާަޅުވެއްޖެއެވެ.
24 Mar 2025
ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް
ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ
24 Mar 2025
ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ދަނީ އިތުރަށް ހަރުދަނާކުރެވެމުން
ޓިއުބަރކިއުލޯސިސް، ޓީބީ ރާއްޖޭން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Mar 2025
މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ
މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ނިންމަވައިފިއެވެ.
24 Mar 2025
އެމްޑީގެ މަގާމާ ހަވާލުވުމަށްފަހު ފުލެޓެއް ގަތްކަމަށް ފަތުރާ ވާހަކައަކީ ދޮގެއް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
24 Mar 2025
ރަސޫލާ ﷺ ވެސް ގޭތެރޭގެ މަސައްކަތް ތަކުގައި އިސްދައުރެއް އަދާ ކުރެއްވި
މިއުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީ ގޭތެރޭގެ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލެއް ކަމުގައި މަޝްހޫރު އަންހެން ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
24 Mar 2025
މި އަހަރު ކިއުގައި ތިބި އެންމެނަށް ހައްޖަށް ދެވޭނެ: ރައީސް
ރައީސް ވިދާޅުވީ މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކަނޑައަޅާ ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެނަށް ޙައްޖުގެ އަޅުކަމަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.