ހަބަރު
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
15 Jul 2026
ދައުލަތުގެ އިނާމަށް 66 ބޭފުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް މި އިނާމު ދެއްވާނެއެވެ.
15 Jul 2026
މާލޭގައި ހުރި ޑްރަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ.
15 Jul 2026
100 ދަރިވަރުންނަށް ފަސްޓް އެއިޑް ސެޓްފިކެޓް
އެމްއެންޔޫ އާއި އެމްއާރްސީ ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ފުރިހަމަކުރި 100 ދަރިވަރުންގެ ލީޑަރުންނަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނުގައި ނަފްސާނީ އެހީތެރިކަން ދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.
15 Jul 2026
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް"އިން ލިޔުން ދޫކުރަނީ
"ބިންވެރިޔާ ސްކީމް" ގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
15 Jul 2026
ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ބަލަނީ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ އާންމު ފަރާތަކަށް ހަމަލާދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
14 Jul 2026
ކޫލް ސްކޫލް މަޝްރޫޢު ލަސްވަނީ ރަށްރަށުގެ ކަރަންޓު ވިއުގައިގެ މައްސަލަތަކާ ހެދި