ފެނަކައިގެ އެމްޑީ އަފީފް... ފޮޓޯ: ފެނަކަ
ހަބަރު
14 Jul 2026 | 22:39
ކޫލް ސްކޫލް މަޝްރޫޢު ލަސްވަނީ ރަށްރަށުގެ ކަރަންޓު ވިއުގައިގެ މައްސަލަތަކާ ހެދި: އަފީފް

ސަރުކާރު ސްކޫލްތައް އޭސީކުރުމަށް ހިންގާ ކޫލް ސްކޫލް މަޝްރޫޢު ލަސްވާ މައިގަނޑު ސަބަބަކީ ގިނަ ރަށްރަށުގެ ކަރަންޓު ވިއުގައިގައި އެ ވަރުގެ ލޯޑެއް ނެގޭނެ ޤާބިލުކަން ނެތުން ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ސްކޫލްތަކުގައި އޭސީ ބެހެއްޓުމުގެ ކުރިން ބައެއް ރަށްރަށުގެ ޑިސްޓްރިބިއުޝަން ވިއުގަ މުޅިން ބަދަލުކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ކޭބަލް ފަދަ ސާމާނު ރާއްޖެއިން ލިބެން ނެތުމުން ބޭރުން ގެންނަން ޖެހޭ ކަމަށާއި ގެންނަ ތަކެތީގެ ފެންވަރު ޔަގީންކުރުމަށް ފެނަކައިގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށްރަށުގެ ސްކޫލުތަކުގައި އެއާކޮންޑިޝަން ހަރުކުރަން ބަލާއިރު އެ ސަރަހައްދެއްގެ ހުރިހާ ކްލާސްރޫމަކަށް ބޭނުންވާ އޭސީ ހަރުކުރަން ބޭނުންވާ ވަރުގެ ނެޓްވޯކެއް ނެތް. އަޅުގަނޑުމެންނަށް އެ ނެޓްވޯކް ފުޅާކުރެވޭނެ ގޮތެއް ވެސް ނެތް" އަފީފް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރު ތެރޭ އޭސީކުރުމުގެ އަމާޒުގައި 2024 ވަނަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފައިވަނީ 54 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.