09 Dec 2024
ބައެއް އިސް އޮފިޝަލުންގެ ފޯންކޯލްތައް ޗައިނާއިން އަޑު އަހައިފި: އެމެރިކާ
އެމެރިކާގެ ސިޔާސީ ބައެއް އިސް އޮފިޝަލުންގެ ފޯނުކޯލުތަކެއް ޗައިނާއިން އަޑު އަހައިފިކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
09 Dec 2024
500 ޑޮލަރު މާރުކުރުމުގައި ޓޫރިޒަމް ވިޔަފާރިތަކަށް ލުއިގޮތެއް
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލަށް ލުޔެއް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން 20 އިންސައްތަ މާރުކުރެވޭ ގޮތަށް އިހުތިޔާރުދީ، ބޭރުފައިސާ މާރުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
09 Dec 2024
ރާއްޖޭގައި ވިޔަފާރި ހިންގަމުންދިޔަ ފަތުރުވެރިއެއް ހައްޔަރުކޮށްފި
ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައިސް، ވިޔަފާރި ހިންގަމުންދިޔަ ބިދޭސީއެއް އިއްޔެ ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
09 Dec 2024
މިފްކޯ ހިންގަން މިފަހަރު ބޭރުގެ ސީއީއޯއެއް
ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ އައު ސީއީއޯއަކަށް ފުރަތަމަ ފަހަރަށް ބޭރުގެ ބޭފުޅެއްކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ހަމަޖައްސައިފިއެވެ.
09 Dec 2024
މާދަމާއިން ފެށިގެން، އެސްޓީއޯ ރޭޓްގައި 4 ސަރަހައްދަކުން ތެޔޮ ލިބޭނެ
މާދަމާއިން ފެށިގެން، އެސްޓީއޯ ރޭޓްގައި ރާއްޖޭގެ 4 ސަރަހައްދަކުން ތެޔޮ ލިބޭނެ ކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
09 Dec 2024
ބީއެމްއެލް އެކައުންޓް ހުރި އޮޑިވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ޖަމާވަނެ
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މާދަމާ (ޑިސެމްބަރ 10، 2024) އިން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
09 Dec 2024
މަތިވެރި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް މުޢިއްޒު
މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
09 Dec 2024
މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލި 5 ބޭފުޅެއްގެ ނަން ކޮމިޓީއަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ 5 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.