19 Sep 2024
އުތުރުތިލަފަޅާއި ހަމައަށް ބްރިޖެއް އެޅުމުގެ ދިރާސާ ހަދަން މަޝްވަރާކޮށްފި
ތިލަފުށިން ފެށިގެން އުތުރުތިލަފަޅާއި ހަމައަށް ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
19 Sep 2024
އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެންނަން ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފި
ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުގެ ޒަޔަނިސްޓް ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން އދ.ގެ ޢާންމު މަޖިލީހަށް ހުށަހެޅި ޤަރާރަށް ތާއިދުކޮށް ރާއްޖެއިން ވޯޓް ދީފިއެވެ.
19 Sep 2024
ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން އިތުރުކޮށްފިއެވެ.
19 Sep 2024
މެރިކަލްޗަރކުރުމަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކަނީ
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށްޓަކައި، މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމަށް ނިންމައި، އެތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
19 Sep 2024
މީހަކު މަރުވި އެކްސިޑެންޓްގައި ވޭނުގެ ޑްރައިވަރުގެ މައްޗަށް ކުށް ސާބިތު ނުވި
އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަާގައި ވޭން ދުއްވަން އިން މީހާގެ މައްޗަށް ކުށް ސާބިތު ނުވެ އޭނާ ސަލާމަތްވެއްޖެ އެވެ.
19 Sep 2024
މެރިޓައިމް ޚިދުމަތްތައް ދިނުމަށް އައިއެސްޕީއެސް ގޭޓް އިފްތިތާޙްކޮށްފި
ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާޙްކޮށްފިއެވެ.
19 Sep 2024
ފަރީދު ހޯދަން ފުލުހުން ނިކުމެއްޖެ
ފަރީދު ހޯދައި ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ނިކުމެއްޖެއެވެ.
18 Sep 2024
މުޑުދާރު އެކޮމެޑޭޝަން ބްލޮކްތަކަކުން 16 ބިދޭސީން ހައްޔަރުކޮށްފި
މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ހަތަރު ގެއެއް ބަލައި ފާސްކުރުމަށްފަހު، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ދިރިއުޅެމުން އައި 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.