ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Nov 2024 | 08:04
އައިޖީއެމްއެޗް ހަދާފައި އެތަނުގެ ޑޮކްޓަރުންނަށްވެސް އައީ ބޭރުގެ ސިފައިން: ރައީސް މުޢިއްޒު

އިންޑިޔާ ސަރުކާރުގެ އެހީގައި އެޅުނު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް، ހަދާފައި އެތަނުގެ ޑޮކްޓަރުންނަށްވެސް އައީ ބޭރުގެ ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒުވަނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު، މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ބޭރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު މިގައުމުގައި އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޔުނީފޯމެއްނޫން، އެއްވެސް އެއްޗެއް ނޫން. އެއްވެސް ކަހަލަ ތަފާތު ކުރުމެއް އޮޅުވާލުމެއް އޮތް ވާހަކައެއް ނޫން ސާފު ސީދާ ވާހަކައެއް މިއީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ބައެއް ފަރާތްތަކުން އެކި ސިޔާސީ މަގުސަދުގައި ރާއްޖޭގައި މިހާރުވެސް އިންޑިޔާ ސިފައިން ތިބި ވާހަކަ ދައްކަމުންދާ ކަމަށެވެ. 

ތެދެއްމެ، އައިޖީއެމްއެޗް ހެދި ޒަމާނުންފެށިގެން، އައިޖީއެމްއެޗް ހަދާފައި އެތަނުގެ ޑޮކްޓަރުންނަށްވެސް އައީ ބޭރުގެ ސިފައިން. ސީދާ އެކްޓިވް މިލިޓަރީ ބޭފުޅުން. ޑޮކްޓަރުން. އޭރު އެންމެ ގިނައިންވެސް ތިބީ އެގައުމުގެ ޑޮކްޓަރުން. މިލިޓަރީ ބޭފުޅުން. އޭރުން ފެށިގެން މިއަދާ ހަމައަށް. ސެނަހިޔާ އުފެދުނު ދުވަހުން ފެށިގެންވެސް. އެކި އަހަރު އެކި ވަރަށް ޑޮކްޓަރުންނާއި ޓެކްނީޝަނުން، މިލިޓަރީ ބޭފުޅުން ތިއްބަވާނެ. އެވާހަކަ އެއްވެސް ބޭފުޅަކު މި މައުޟޫއަކު ނުގެނެއޭ. މިހާރުވެސް ތިއްބަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ”އިންޑިޔާ އައުޓް“ ކެންޕެއިންގައި މުޒާހަރާ ކުރީ ސެނަހިޔާއާއި އެނޫން ތަންތަނުގައި އިންޑިޔާ ޑޮކްޓަރުން ތިބެގެނެއް ނޫނެވެ. އަދި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ގެންގޮސް ނިމިއްޖެ ކަމަށާ، މިހާރު އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ނެތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.