03 Sep 2024
ވިއްސާރައިގަ އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުން މިލިއަން ރުފިޔާއަށްވުރެ ބޮޑު: އެންޑީއެމްއޭ
މިފަހުން އަތޮޅުގެ އެކި ރަށްތަކަށް ކުރި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އަގު މިލިއަން ރުފިޔާއިން ގުނާލެވޭކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
03 Sep 2024
ނުކުތާގެ ނޫސްވެރިޔާ އާލިމަށް މަރުގެ އިންޒާރެއް
ތައްޔާރުކުރި ވީޑިއޯ ރިޕޯޓަކާ ގުޅިގެން ނުކުތާގެ ނޫސްވެރިޔާ އަދި އެ ނޫހުގެ ސީއީއޯ އާލިމް އަބްދުއްލަތީފަށް މަރުގެ އިންޒާރު ދީފިއެވެ.
03 Sep 2024
ފޮރިން އިންވެސްޓްމަންޓް ގާނޫނަށް އަމަލުކުރަން ފަށާނީ 3 މަސްފަހުން
ފޮރިން އިންވެސްޓްމަންޓް ގާނޫނު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާ، ގެޒެޓް ކުރެއްވި ނަމަވެސް، އެ ގާނޫނަށް އަމަލު ކުރަންފަށާނީ ތިން މަސް ފަހުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
03 Sep 2024
ފޮރިން އިންވެސްޓްމަންޓް އައު ޤާނޫނާއެކު ބޭރުގެ ބޭންކުތަކުގެ އިތުބާރު ބޮޑުވެގެންދާނެ: ސައީދު
ފޮރިން އިންވެސްޓްމަންޓާބެހޭ އައު ޤާނޫނާއެކު ރާއްޖެއިން ބޭރުގެ ބޭންކްތަކުގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
03 Sep 2024
ހައްޔަރުކޮށްފައި ހުންނަ މީހަކަށް ގެއްލުން ނުވާނެކަން ޔަގީންވާންޖެހޭ: ޔާމީން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް ގެއްލުންވާ ކަމެއް ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
03 Sep 2024
އަނިޔާއިން އެއްކިބާވެފައިވެ ކުއްޖާ ބޮޑުވުމުގެ ފުރުސަތު ކަށަވަރުކޮށްދޭނެ
އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
03 Sep 2024
ބޮޑެތި ބަދަލުތަކާއެކު، ފޮރިން އިންވެސްޓްމެންޓް ޤާނޫނު ގެޒެޓްކޮށްފި
ރާއްޖޭގެ އާ ފޮރިން އިންވެސްޓްމެންޓް ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައި، ގެޒެޓް ކުރައްވައިފިއެވެ.
03 Sep 2024
"މަސްވެރިކަމުގެ ރޯ މެޓީރިއަލް ތުރުކީއަށް ވެއްދޭނެ ގޮތް ވަނީ ފަހިކޮށްދެއްވާފައި"
މަސްވެރިކަމުގެ ރޯ މެޓީރިއަލް 0% ގައި ތުރުކީއަށް ވެއްދޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަހިކޮށްދެއްވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.