މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު)
ހަބަރު
22 Oct 2024 | 10:26
ވޭޕާއި އީ ސިނގިރޭޓް މަނާ ކުރާ ބިލް މަޖިލީހަށް ހުށަހަޅައިފި!

ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކޮށް، އީ-ސިނގިރޭޓު އަދި ވޭޕު މަނާކުރާގޮތަށް އެކްސްޕޯޓް އިންޕޯޓް ގާނޫނަށް އިސްލާޙް ހުށަހަޅައިފިއެވެ. 

ސަރުކާރުގެ ފަރާތުން މި އިސްލާޙް ހުށަހެޅުއްވީ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) އެވެ. 

އިއްބެ ހުށަހެޅުއްވި އިސްލާޙްގައި ހުށަހެޅުއްވުމުގެ، މަގުސަދުގެ ގޮތުގައި މެންބަރު އިއްބެ ވިދާޅުވީ، ދުންފަތާއި، ދުންފަތުން އުފައްދާ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރެވޭ ބާވަތއތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިޔުޓީ ޓެކްސްގެ މިންވަރު އިތުރު ކުރުމެވެ.

އަދި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރެވޭ ތާރީޚާ ހަމައަށް، މި ހިނގާ މުއްދަތުގައި ރާއްޖެއަށް ގެނެވޭ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިޔުޓީގެ މިންވަރު އިތުރުކުރުމެވެ. 

މީގެ އިތުރުން، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިޔުޓީއާއި ރޯޔަލްޓީއާއި ރެވެނިޔުފީ މަޢާފްކުރެވޭ ހާލަތްތަކާއި އުސޫލުތައް ބަޔާންކުރުމަށް އެ ގާނުނަށް އިސްލާހު ގެނައުންވެސް މި ބިލު ހުށަހެޅުމުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ. 

މެންބަރު އިއްބެ ވަނީ މި ބިލުގެ މަސައްކަތް ކޮމިޓީން އަވަހަށް ނިންމައި ފާސްކުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައެވެ. އަދި ދުންފަތުން އުފައްދާފައިވާ ތަކެތި ގަނެވިއްކޭނެ އެންމެ ހަގު އުމުރު، 21 އަހަރަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
29 Jul 2026
ޝޯވ އަދި މިޔުޒިކު މަނާކުރެވިގެން ނުވާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
29 Jul 2026
ތިލަފުށީގެ ކުނިތައް ހދ.ކުނބުރުދޫއަށް ގެންދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު
ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް އދ.ކުނބުރުދުއަށް ގެންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
29 Jul 2026
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.
29 Jul 2026
އިރާގަށް ސައުދީއިން ވަރުގަދަ ހަމަލާތަކެއް ދީފި
ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކުރި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ބުދަ ދުވަހު ދިން މި ހަމަލާތަކަކީ ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.