ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު--
ހަބަރު
22 Oct 2024 | 10:48
ވިޔަފާރިވެރިން ސަރުކާރަށް ކުރި އިތުބާރާއި ޔަގީންކަން މުޅިން ގެއްލިއްޖެ: އަމީރު

މި ސަރުކާރާމެދު ވިޔަފާރިވެރިން ކުރި އިތުބާރާއި ޔަގީންކަން މުޅިން ގެއްލިގެން ހިނގައްޖެކަމަށް އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މާލީ ސިޔާސަތާ ގުޅޭގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، އަދުގެ ސަރުކާރުގެ މާލީ ސިޔާސަތުތައް މިއަދު ހުރީ، ވެރިކަމަށް އައުމަށް ކުރި ދަތުރުގައި ރައްޔިތުންނަށް ހިއްސާކުރި ގޮތަށް ނޫންކަމަށެވެ. ރިޔާސީ ކެމްޕެއިނުގައި ރައީސް ޑރ.މުއިއްޒު މާލީ ކަންކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ސިޔާސީ މަޤާމުތައް އިތުރުނުވާނޭކަމަށް ބުނެފައިވާއިރު، ސިޔާސީ މަގާމުތައްވެސް އިންތިހާއަށް އިތުރުވެގެން ހިނގައްޖެ ކަމަށެވެ.

ޓެކްސް އިތުރުނުކޮށް ޓެކްސް ބޭސް ފުޅާކުރާނޭކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބިލްތައް ވައްދައި، ސަރުކާރުން މަސައްކަތްކުރަނީ ޓެކްސް ރޭޓް އިތުރުކުރަން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުންދިޔައިރު، ބޭއްވި ޓްރާންސިޝަން ޕީރިއަޑުގެ ތެރޭގައި ބޭރުގެ އެކި ކަންކޮޅުތަކުން މާލީ އެހީލިބޭނޭކަމުގެ ފެހި ސިގްނަލްތަކުގެ ވާހަކަ ދެއްކެވިއިރު، މިހާތަނަށް މިކަމުގައިވެސް ލިބުނު ކުރިއެރުމެއް ނެތްކަމަށް އަމީރު ވިދާޅުވިއެވެ.

ޓްރާންސްސިޝަން މުއްދަތުގައި ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުން އޭރު ވިދާޅުވި އައިއެމްއެފްގެ އެހީތެރިކަންވެސް ބޭނުންނުވާކަމަށް އޭރު ވިދާޅުވި

އަމީރު ވިދާޅުވިއެވެ.

ބޭރުގެ އެކިކަންކޮޅުތަކުން އެހީނުލިބުމުން ބޮޑެތި އަދަދުތަކުން ލޯނު ނެގުމަށް މިއަދު ސަރުކާރަށް މަޖުބޫރުވެފައިވާކަމަށާއި، ސަރުކާރުން ކުރި ހަރަދުތަކާއެކު ޑޮލަރު ފަންޑުގައިވެސް މިއަދު އެއްވެސް އެއްޗެއް އޮންނާނޭކަމަށް ނުބެލެވޭކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވެރިކަމުގައި ދައުލަތުގެ މާލިއްޔަތުގެ ތެރެއިން މާލީ ގާނޫނާ ހިލާފަށް އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނޭކަން ފާހަގަކުރައްވަމުން އަމީރު ވަނީ އެފަދަ ކަމެއް ހިންގާފައިވާނަމަ އެކަން ސާފުކޮށް ހާމަކޮށްދެއްވުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.