03 Sep 2024
ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި!
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
03 Sep 2024
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަޠުހަރުގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް
ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
02 Sep 2024
ގައުމީ ދުވަހުގެ ބަންދުގައި ވެސް ޕާސްޕޯޓް ހެއްދޭނެ
މިއަހަރުގެ ގައުމީ ދުވަހާ ގުޅިގެން އަންނަ ދެ ދުވަހުގެ ބަންދުގައި ވެސް ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.
02 Sep 2024
ޔޫއޭއީއާއެކު ގުޅުން ބަދަހިކުރުމަށް ޒަމީރު އަބޫދާބީއަށް
ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ރަސްމީ ދަތުރެއްގައި އަބޫދާބީއަށް ވަޑައިގެންފިއެވެ.
02 Sep 2024
ރާއްޖެއާއި އިންޑޮނޭޝިއާގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
02 Sep 2024
ދަރުމަވަންތަ ސްކޫލްގެ އައު ޕްރިންސިޕަލަކަށް ނާދިރާ
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ނާދިރާ ހަސަން، ދަރުމަވަންތަ ސްކޫލްގެ އައު ޕްރިންސިޕަލެއްގެ ގޮތުގައި ޢައްޔަންކޮށްފިއެވެ.
02 Sep 2024
ފުލުހުންގެ މަސައްކަތް އަވަސްކުރުމަށް އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި
ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފިއެވެ.
02 Sep 2024
މަސް ގަންނަ އަގަށް ބަދަލު ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ
މާކެޓުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީކަމަށް އެކުންފުނިން ބުނެފިއެވެ.