އެމްޑީޕީން ބޭއްވި ޕްރެސްގައި މެމްބަރު، މައުރޫފް ވާހަކަދައްކަވަނީ
ހަބަރު
21 Oct 2024 | 11:24
މައުރޫފް ސަރުކާރަށް؛ އިސްރާއީލު ޕާސްޕޯޓް މަނާކުރަން ބޭނުންނުވާނަމަ އެގޮތަށް ކަނޑައަޅުއްވަންވީ ނޫންތޯ

އިސްރާއީލު ޕާސްޕޯޓް މަނާކުރަން ބޭނުންނުވާނަމަ އެގޮތަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މައުރޫފް ވިދާޅުވީ، އިސްރައީލުގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް މަޖިލީހުން ނުކުރާ ކަމަށް ބުނާ ބުނުން ބަލައިނުގަނެވޭ ކަމަށެވެ.

ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމުން މުޅި މައްސަލަ ހައްލު ވަނީ ނޫންކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ، މިއަދު ޣައްޒާގެ ބިމުގައި ހިނގަމުންދަނީ އިސްލާމީ ރައްޔިތުންތަކެއް ނުވަތަ އެތަނުގެ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެއްކަމަށާއި،  ދިވެހިންނަކީ ފަލަސްތީނަށް އިހުތިރާމް ކުރާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑު އުފުލަމުން އަންނަ ބައެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ހަޖޫ ޖަހާ، އޮޅުވާލާ، ބޮޑު ސިޔާސީ ކަމަކަށް މިކަން ހަދައިގެން ސަރުކާރުން ގެންދާ ގެންދިޔުމަކީ މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް."

މައުރޫފް ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުން ލަސްވުމާއި ގުޅިގެން ޕީއެންސީން ނޫސްބަޔާން ނެރުނު ސަބަބާއި ގުޅޭގޮތުން ސުވާލު އުފައްދަވަމުން މައުރޫފް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ބިލެއް އެއްދުވަހުގެ ތެރޭގައި ގަނޫނަކަށް ފާސްވެގެންދާކަމަށާއި، އެއް ދުވަހުގެ ތެރޭގައި ކޮމެޓީ މަރުހަލާ ނިންމާލާކަމަށެވެ.

އެހެންކަމުން ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ބޭނުންނުވާނަމަ އެކަން އެގޮތަށް ކަނޑައެޅުއްވުމަށް މައުރޫފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"ފަލަސްތީނު މި މައްސަލައިގައި ވަކި ގޮތެއް، ސަރުކާރުން ޕާސްޕޯޓް ބޭން ކުރަން ބޭނުންނުވާކަމުގައި ވާނަމަ އެކަން އެގޮތަށް ކަނޑައަޅުއްވަންވީ ނޫންތޯ؟"

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، މިކަންކަމުގައި ރައްޔިތުން ނުކުމެ ސަރުކާރު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށާއި، އެހެންނޫންނަމަ މުޒާހަރާ ކުރަން ޖެހޭނީ 100 ފޫޓު ދުރުން ނޫންކަމަށާއި، މާލޭގައި ވެސް މުޒާހަރާކޮށް، އެއްވެ އުޅުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

މިއީ ރައްޔިތުންނަށް ގެއްލިގެންދާ ހައްގުތަކަށް ތެދުވަންވީ ވަގުތު ކަމަށާއި، މި މަސައްކަތް ކުރުމުގައި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ 12 މެމްބަރުން ދެމިތިބޭނެކަމަށް މައުރޫފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.