މީހުން
05 Oct 2023
ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު
2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރަ އަލިފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި މުދަރިއްސެކެވެ. ދާއިރާގައި މިހާތަނަށް 18 އަހަރު މަސައްކަތް ކުރެވިފައިވާއިރު ބިޝާރާ އަކީ މިހާރު ޒިންމާދާރު އަނތްބެއްގެ އިތުން 2 ފިރިހެން ދަރިންގެ މަންމައެއްވެސްމެއެވެ. ތައުލިމީ ދާއިރާގައި 18 އަހަރު ހޭދަކުރެވުނު އިރުވެސް އޭނާގެ ހިތުގައި ތައުލީމަށް އަދިވެސް އެންމެ ތާޒާ ވިންދު ޖަހަމުން އަންނަކަން ވޮއިސްއަށް ބިޝާރާ ހިއްސާކުރި ވާހަކަތަކުން އެނގެއެވެ.
04 Sep 2023
އިންފިނިކާ އެކަޑަމީން ނާއިފް މި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދުނިޔެ!
ފޮޓޯ ނެގުމުގެ ދާއިރާއަށް އާދަމް ނާއިފް ގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ މެލޭޝިޔާގައި ކިޔަވަން ހުރި ދުވަސްވަރުއެވެ. އޭރު ކިޔަވަމުން ދިޔަ ކޯހުގެ އެއް މޮޑިއުލް ގެ ގޮތުގައި ފޮޓޯގްރަފީ ކިޔެވި ހިސާބުންނެވެ. އެދުވަސްވަރު ފޮޓޯގްރަފީއަށް އުފެދުނު ޝައުގުވެރިކަމާއެކު، ކޯސް ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސް ނާއިފް މަސައްކަތް ކުރަންފެށީ އެކި އެކި ފޮޓޯ ސްޓޫޑިއޯ ތަކުގައި ފޮޓޯގްރަފަރެއްގެ ގޮތުގައެވެ.
23 Jul 2023
ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާހިދު ނިޔާވެއްޖެ
އައްޑިހައިގެ އަަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި  މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
05 Jul 2023
އިސްމާޢީލް؛ ނަމޫނާ ވިޔަފާރިވެރިއެއް އަދި ލީޑަރެއް!
ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކެވެ. އެއީ މާލީ ގޮތުން ތަނަވަސް މަހުޖަނަކަށް ވީތީ ލިބޭ އެއްޗެއް ނޫނެވެ. ނުވަތަ ފަސޭހަ ދިރިއުޅުމެއް އުޅޭތީ ލިބޭ އެއްޗެއްވެސް ނޫނެވެ. އެހެނެއް ކަމަކު އެކަމަށްޓަކައި ބޭނުންވަނީ، ވަރުގަދަ ޢަޒުމަކާއި، މިންނެތް މަސައްކަތެވެ. އެކަން ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ފަސް ނުޖެހި, އެކަމަށް ކުރިމަތި ލުމުގެ ހިތްވަރެވެ.
08 Mar 2023
އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ ފިސާރި ކަނބަލެއް
މީހުން ބުނެ އުޅޭތީ އަހަމެވެ. މައިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި އަންނަ ކަޅު ވިލާގަނޑުގެ ތެރޭގައި، އެއް ރާޅު މައްޗަށް އަނެއް ރާޅު ނަގަމުން އަންނައިރުވެސް އަމިއްލަ ދަރިންގެ ހައްގުގައި ސާބިތުވެ، ފަހަތަށް ނުޖެހި ކުރިއަށް ދިޔުމުގެ ހިތްވަރު އެ މައިންގެ ހުރެއެވެ. ދަރިންގެ އުފަލަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަށް މައިން ތިބޭނީ ތައްޔާރަށެވެ.
16 Nov 2022
ޝިނާގެ ވާހަކަ: ކޭކު އެޅުމުގެ ހޮބީ ވިޔަފާރިއަށް، މަޔަކަށް ވުމަށްފަހުވެސް ކުރިއަށް!
ޝިނާގެ ވާހަކަ: ކޭކު އެޅުމުގެ ހޮބީ ވިޔަފާރިއަށް، މަޔަކަށް ވުމަށްފަހުވެސް ކުރިއަށް!