ބިޝާރާ: ދާއިރާގައި 18 އަހަރު ވީއިރުވެސް ހިތުގައި ޖަހަނީ ތައުލީމީ ވިންދު
2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ޓީޗަރެއްގެ ގޮތުގައި ގުޅުނު ރ އިނގުރައިދޫއަށް ނިސްބަތްވާ ބިޝާރާ ހުސައިންފުޅު (41އަހަރު) އަކީ މި ވަގުތު ދަރުމަވަންތަ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި މުދަރިއްސެކެވެ. ދާއިރާގައި މިހާތަނަށް 18 އަހަރު މަސައްކަތް ކުރެވިފައިވާއިރު ބިޝާރާ އަކީ މިހާރު ޒިންމާދާރު އަނތްބެއްގެ އިތުން 2 ފިރިހެން ދަރިންގެ މަންމައެއްވެސްމެއެވެ. ތައުލިމީ ދާއިރާގައި 18 އަހަރު ހޭދަކުރެވުނު އިރުވެސް އޭނާގެ ހިތުގައި ތައުލީމަށް އަދިވެސް އެންމެ ތާޒާ ވިންދު ޖަހަމުން އަންނަކަން ވޮއިސްއަށް ބިޝާރާ ހިއްސާކުރި ވާހަކަތަކުން އެނގެއެވެ.
ބިޝާރާއާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން
ބިޝާރާ ފާހަގަ ކުރި ގޮތުގައި އުނގެނނުމާއި އުނގަންނައިދިނުމުގައި އޭނާއަށް ހޭދަ ނުކުރެވޭ ދުވަސްވަރެއް ހަނދާންވެސް ނުވެއެވެ. މަދަރުސީ ހަޔާތުގެ އެންމެ ޅަފަތުން ފެށިގެންވެސް އެއް ކުލާހެއްގައި އެކީގައި ކިޔަވަމުން އައި ކުދިންނަށްވެސް އެހީތެރިކަން ބެނުންވާ ފިލާވަޅުތައް ބިޝާރާ އައީ އޭނާއަށް އެނގި ހުރި މިންވަރަކުން އެނގި ހުރިވަރަކަށް އޮޅުން ފިލުވައިދެމުންނެވެ. އަދި ގޭގައި އުޅޭ ކުދިންނަށް ކިޔަވައިދިނުމާއި ޓިއުޝަންދިނުން ފަދަ ކަންކަމުގައި ބިޝާރާ އައީ ނުރަސްމީކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. ފަހަރުގައި އެއީ އުނގަންނައި ދިނުމަށް އޭނާގެ ހިތުގައި ޖެހި ފުރަތަމަ ވިންދުކަމުގައިވުން ވެސް އެކަށީގެންވަކަމުގައި ބިޝާރަ ފާހަގަކުރެއެވެ.
އެދުވަސްވަރު ސާނަވީ ތައުލީމު ނިންމުމަށްފަހު މަތީ ސާނަވީއަށް ކިޔަވަން ފެށުމާއި ހަމައަށް 6 ވަރަކަށް މަސްދުވަހުގެ މެދުކެނޑުމެއް ލިބޭކަމުގައި ބިޝާރާ ބުންޏެވެ. އެޔާއެކު ބިޝާރާ ސާނަވީ ތައުލީމު ފުރިހަމަކުރި ދުވަސްވަރަކީ ރަށު ސްކޫލަށްވެސް ޓީޝަރުން ބޭނުންވެފައިވާ ދުވަސްވަރަކަށްވުމާއި ކިގަވައިދިނުމުގައި ހަރަކާތްތެރިވާ ދޭސީ ޓީޗަރުންވެސް މަދު ދުވަސްވަރަކަށްވުމުން ރަށު ސްކޫލުގެ ވަގުތީ ޓީޗަރެއްގޮތުގައި ވަޒީފާއަށް ނިކުނތް ހިސާބަކީ ބިޝާރާގެ ވަޒީފާއެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއިން އޭނާގެ ފުރަތަމަ ފެނިލުންވެސް މެއެވެ. އެ ވަޒީފާގައި 6 ވަރަކަށް މަސް ދުވަހު އޭނާ ހޭދަކުރިއެވެ.
ވޮއިސް އަށް ބިޝާރާ އިންޓަރވިއު ދެނީ
ކިޔަވައިދިނުމުގެ ދާއިރާއަށް ބިޝާރަ ނިކުނތް ދުވަސްވަރު، ރާއްޖޭގެ ތަޢުލީމީ ނިޒާމި ބައްޓަންވެ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި މިހާރު އެ ނިޒާމާއި ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތައް ވަރަށް ބޮޑުތަނުން ތަފާތުވެ ކުރިއަރައިފައިވާކަން ބިޝާރާ ފާހަގަކުރެއެވެ. އެގޮތުން ކިޔަވައިދިނުމުގައި ގެންގުޅޭ އުސޫލުތަކާއި އުުޅުތަކާއި މުދަރިއްސުންނާއި ދަރިވަރުން، އަދި ބެލެނިވެރިން ޤަބޫލު ކުރާ ޤަބުލުކުރުންތަކުގައިވެސް ބޮޑެތި ތަފާތުތަކެއް މިހާރު ހުރިކަން ބިޝާރާ ފާހަގަކުރެއެވެ. އެގޮތުން އެންމެ މުހިއްމު އަދި އެންމެ ފާހަގަކުރެވޭ ބަދަލެއްގެ ގޮތުގައި ބިޝާރާ ފާހަގަކުރީ ދަރުވަރުންނަށް މަތިކުރާ އުނގެނުމުގެ ޒިންމާއެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއި އުނގެނުމުގައި ދަރުވަރުންގެ މަސްއޫލިއްޔަތު ބޮޑުކަން ބިޝާރާ ފާހަގަކުރެވެއެވެ. ވުމާއެކު މިހާރުގެ ސިޔާސަތިތަކުގައި މުދަރިއްސުންނަކީ ކިޔަވައިދިނުމުގައި އިރުޝާދުދީ މަގުދައްކައިދޭން ތިބޭ ބައެއްކަމަށާއި އުނގެނުން ބިނާވެފައި ދަރިވަރުން ކުރާ މަސައްކަތެއްގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން އެންމެ ފުރަތަމަ ކިޔަވައިދުމުގެ ތެރެއަށް ނިކުމެ މަސައްކަތް ކުރަން ފެށި ދުވަސްވަރު ކްލާހުގައި ކިޔަވައިދިނުމަށް ހުންނަ ބްލެކް ބޯޑާއި ޗޯކު ފިޔަވާ އިތުރު ވަސީލަތެއް ކިޔަވައިދިނުމުގައި ބޭނުން ކުރަން ނުހުންނަކަން ހަނދާންކޮށް ބިޝާރަ ފާހަގަކުރި ގޮތުގައި އޭރާއި ޚިލާފަށް މިހާރު އިންޓަރނެޓް ގެ ޒަރީއާއިންނާއި ކްލާސްރޫމްތެރޭގައި ހުންނަ ސްމާރޓް ބޯޑު އަދި ޓީވީފަދަ ތަކެތި ބޭނުންކޮށްގެން ކިޔަވައިދޭ ގަޑީގައި ވަގުތުން ވަގުތަށް ދުނިޔޭގެ ކޮންމެ ސަރަހައްދެއްގެ ކޮންމެ ތަނަކާއި ގުޅުވާލައިދޭ ކަމުގައި ބިޝާރާ ފާހަގަކުރެއެވެ. އެޔަށް ވުރެ މުހިއްމުކަމެއްގެ ގޮތުގައި ޒަމާނީ ތައުލީމަށް އައި ކުރިއެރުމާއެކު ބޭނުން ވަގުތަކު ބޭނުން ތަނަކު ހުރެގެން ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ބިޝާރާ ފާހަގަކުރެއެވެ.
ހަގީގަތުގައި 2005 ވަނަ އަހަރު ކިޔަވައިދިނުމުގެ މަސައްކަތް ބިޝާރާ ފެށި އިރު އެދުވަސްވަރު ކްލާސްރޫމުން ދިމާވާ ދަރުވަރުންގެ މައްސަލަތަކާއި މިހާރު ދިމާވާ މައްސަލަތަކާއި ބޮޑުތަނުން ތަފާތުކަމުގައި އޭނާ ފާހަގަ ކުރެއެވެ. އެންމެ ކުރިން ކިޔަވައިދޭ ކްލާސްރޫމްތަކުގައި ދިމާވި، ދޭދޭ ކުދިން ތަޅާފޮޅުމާއި، މުދަރިއްސުންނަށް ފުރަސާރަ ކުރުންފަދަ ކަންކަން މިހާރު ކްލާސްރޫމްތަކުން ފެންނަލެއް މަދުކަން ފާހަގަ ކުރަމުން ބިޝާރަ ބުނީ މުޅިން އެކީ އެފަދަ މައްސަލަތަށް ނުހުއްޓުނު ނަމަވެސް އެ އިރާއި އަޅައިބަލާނަަަމަ އެފަދަ މައްސަލަތައް ފެންނަލެއް މަދުކަމުގައެވެ.
އެހެންނަމަވެސް ޒަމާނީ ތައުލީމާއެކު އެހެނިހެން ގޮތް ގޮތުން ދަރިވަރުން ކިޔެވުމާއި ދުރުވެ ކިޔެވުމުން ބޭރު ކަންކަމުގައި މަސްއޫލުވާ ކަންކަން މިހާރު ހުރިކަމުގައެވެ. އެގޮތުން މިހާރުގެ ކުދިންނަނީ އިންޓަރނެޓާއި ނުހަނު ރައްޓެހި އަދި މީސްމީޑިޔާތެރެއަށްވެސް ފަރިތަ ކުދިންތަކަކަށް ވުމުގެ ސަބަބުން އެކަމުގެ ތެރެއަށް ގޮސް ހުސްވުމުގެ ދެރަ ނަތީޖާ ކުދިންގެ ތައުލީމުން ފެންނަކަމުގައެވެ.
ބިޝާރާ އަލިފުޅު
ތައުލީމީ ދާއިރާ ބިޝާރާ ފާހަގަކުރަނީ، ބައިވެރިވުމާއި މަސްއޫލުވުން ބޮޑު ދާއިރާއެއްގެ ގޮތުގައެވެ. ވުމާއެކު އިންޓަރނެޓަށް ދަރިވަރުން ނުހަނު ފަރިތަ ޒަމާނެއްގައި އެ ދަރުވަރުންނާއި އެއްވަރަށް އެކުދންނަށް އުނގަންނައިދޭ މުދަރިއްސުން އެކަންކަމަށް އަހުލުވެރިވެގެން މެނުވީ، ދަރުވަރުންނަށް ބޭނުންވާ އެންމެ ހެޔޮ މިނުގައި އެކުދިންނާއެކު މަސައްކަތް ނުކުރެވޭނެކަމުގައި ބިޝާރާ ދެކެއެވެ.
މީގެ އިތުރުން ބިޝާރާ ދެކޭގޮތުގައި ޓީޗަރުން ވާންޖެހޭނީ އެންމެ ފަހުގެ މައުލުމާތުތަކާއި އަދާހަމަތަކަށް އަހުލުވެރިބައެއްގެ ގޮތުގައެވެ.
ޚާއްސަ ގޮތެއްގައި އަޅުގަނޑަކީ ބިޒްނަސް ޓީޗަރަކަށް ވާތީ ބިޒްނަސްގެ ދުނިޔެއަށް އަންނަ ބަދަލުތަކާއި މައުލުމާތުތައް އެނގުން ވަރަށް މުހިއްމު ކުދިންނަށް އޭގެ ކޮންސެޕްޓް ފޯރުކޮށްދިނުމަށްޓަކައި، އެއީ އަބަދުވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއ
ބިޝާރާ އަލިފުޅު
އެހެންނަމަވެސް ކުރިން އޮތް މި ގޮންޖެހުމަށް ޒަމާނީ ތައުލީމާއި އައު ވަސީލަތްތަކުގެ ޒަރީޢާއިން ބޮޑު ލުއި ފަސޭހައެއް ލިބިގެން ދިޔަކަން ފާހަގަކޮށް، ކިޔަވައިދެމުން ދާ ވަގުތު މުހިއްމު މައުލުމާތުތައް ވަގުތުން ހޯދުމާއި ދިރާސާ ކުރުމުގެ ފުރުސަތު ކުރިއާ ޚިލާފަށް މިހާރު ވަރަށް ބޮޑަށް ފަސޭހަވެފައިވާކަމަށެވެ.
އެންމެ ކުރީގެ ތައުލީމީ ނިޒާމާއި ޚިލާފަށް މިހާރުގެ ޒަމާނީ ތައުލީމަކީ ބިޝާރާގެ ނަޒަރުގައި ފިޔަވަޅުތަކާއިއުސޫލުތައް ގިނަ ނިޒާމެކެވެ. ކިޔަވައިދިނުމުގެ އުސޫލުތަކާއި ކިޔެވުމުގެ އުސޫލުތަކުން ފެށިގެން ތައުލީމު ފޮރުކޮށްދޭ މުއައްސަސާތަކަށްވެސް ޚާއްސަ އުސޫލުތަކެއް މިހާރުގެ ތައުލީމީ ނިޒާމުގެ ތެރެއިން ވަނީ ކަނޑައެޅިފައެވެ. އެހެންކަމުން އެ އުސުލުތަކާއި ގާނޫނުތަކަށް ރިއާޔަތްކޮށް ކިޔަވައިދިނުމުގައި މީގެ ކުރިން ކްލާސްރުމްގައި ދަރިވަރުން ކުރާ އެކި އެކި ކަންކަމަށް ދެވޭ އަދަބުތައް މިހާރު ނުދެވޭކަން ބިޝާރާ ފާހަގަކުރެއެވެ.
މިހާރު ދެން އެކަހަލަ އަދަބު ނުވެސް ދޭ، ދިނުމަކީ އެންމެ އެކަށޭނެ ކަމެއް ގޮތުގައި ޚުދު އަޅުގަނޑު އަމިއްލައަށް ނުވެސް ދެކެން
ބިޝާރާ އަލިފުޅު
މި އުސޫލުތަކަށް ރިއާޔަތްކުރުމުގައި ދަރިވަރުންގެ ކަންކަމަށް އެޅޭނެ މާ ގިނަ ފިޔަވަޅުތައް ނެތުމަކީވެސް ބައެއް ފަހަރު ގޮންޖެހުމަކަށްވީ ނަމަވެސް ބިޝާރާ ދެކޭ ގޮތުގައި ކިޔެވުން އޭގެ ޒާތުގައި ޝައުގުވެރި އެއްޗަކަށް ހެދިއްޖެނަމަ އެހެން ދިމާވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބެގެންދާނެއެވެ.
ވޮއިސް އަށް ބިޝާރާ އިންޓަރވިއު ދެނީ
ސްކޫލުގައި މުދައްރިއްސެއްގެ އިތުރުން ބިޝާރާއަކީ ޒިންމާދާރު އަނތްބެކެވެ. މަސްއޫލިއްޔަތު ގިނަ މަންމައެެކެވެ. އެހެންކަމުން ސްކޫލުގަިއި ހޭދަކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ގޭގައި ބިޝާރާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ނުހަނު ގިނައެވެ. އެޔާއެކު ގޭގައި ހޭދަކުރާ ވަގުތުތަކުގައިވެސް ބިޝާރާގެ މައިގަނޑު މަސައްކަތަށް އޮންނަނީ ދަރިންގެ ކިޔެވުމުގެ ކަންކަމާއި ތައުލީމާއި ގުޅުންހުރި އެންމެހައި ކަންކަމެއް ކޮށް ބެލެހެއްޓުން ކަމުގައި ބިޝާރާ ބުންޏެވެ.
ދެން ހުންނަ ގޭގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ހުންނާނެ ވަކި ގަޑިތަކެއް ކަނޑައަޅައިފައި، އެކަންކަން އެ ވަގުތުގައި ވަގުތުގެ ތެރެއަށް ފައްތައިގެން ކުރަނީ
ބިޝާރާ އަލިފުޅު
މުދަރިއްސަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މުދަރިއްސެއް އުނގަންނައިދިން ދަރުވަރުން ކާމިޔާބު ބަޔަކަށްވެ ދިރިއުޅުމުގެ ޒިންމާދާރު ބައެެއްގެ ގޮތުގައި ފެނުން ކަމުގައި ބިޝާރާ ފާހަގަކުރިއެވެ. އެ އިހްސާސް ބިޝާރާ ސިފަކުރަނީ ބަޔާންކޮށްދިނުމަށް ކުޅަދާނަ ނޫން އިހްސާސެއްގެ ގޮތުގައެވެ. މީގެ އިތުރުން އެއީ އަމިއްލަ ނަފްސަށް ލިބޭ އުފަލެއްގެ އިތުރުން އަމިއްލައަށް ޒިންމާދާރު އަދި އަގުހުރި މަސައްކަތެއް ކުރެވިއްޖެ ކަމުގެ އިހްސާސްވެސް ކުރެވޭ ވަގުތުކޮޅެއްގެ ގޮތުގައި ބިޝާރާ ފާހަގަކުރެއެވެ.
އަސްލު އަޅުގަނޑު މި ދާއިރާގައި މިހާ ގިނަ ދުވަހު ދެމިހުރުމުގެ ސަބަބަކީވެސް އެއީ ކަންނޭންގެ
ބިޝާރާ އަލިފުޅު
މީގެ އިތުރުން ބިޝާރާ ފާހަގަ ކުރި ގޮތުގައި މަތީ ތައުލީމަށްފަހު އެހެން ދާއިރާތަކުން ރަނގަޅު ފުރުސަތުތަކެއް އޭނާއަށް ލިބުނު ނަމަވެސް ކިޔަވައިދިނުން އިޚްތިޔާރުކުރެވެނީ، ލިބޭ މުސާރައަށްވުރެ ބޮޑަށް ކިޔަވައިދިނުމުގެ ދާއިރާގެ ތެރޭގައި ލިއްބައިދޭ އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުންކަމުގައެވެ. އެއީ ބިޝާރާ ކުރިންވެސް ފާހަގަ ކުރި ފަދައިން ކިޔަވައިދޭ ކުދިން ކާމިޔާބު ގައުމަށް ޚިދުމަތްކުރާ ގަދަރުވެރި ބައެއްގެ ގޮތުގައި ފެނުންކަމުގައި އޭނާ ބުންޏެވެ.
ބިޝާރާ ބޮޑުވެގެން އައީ އާއިލާގައި އަންހެންކުދިން ގިނަ އެހެން ނަމަވެސް ވަޒީފާ އަދާކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރުއަޅާ އާއިލާއެއްގެ ތެރެއިންނެވެ. ވުމާއެކު ކިޔަވައިގެ ވަޒީފާއަދާކުރުމާއި ހަމައަށް އެ މަގު އޭނާގެ މަންމަ/ބައްޕަ އަދި މާމަ/އާއި ކާފަ އައީ ހުރިހައިގޮތަކުން ދިލައި ސާފުކޮށް ފަހިކޮށްދެމުންނެވެ. އޭގެ ފަހުން ދިރިއުޅުމެއް ފެށިފަހުން އޭނާގެ ފިރިމީހާގެ އެއްބާރުލުން ފާހަގަ ކުރަނީ ޚިދުމަތުގައި ދެމިހުރުމަށްޓަކައި އެއްމެ މުހިއްމު އެއްތަނބުގެ ގޮތުގައެވެ. ސްކޫލުގައި އޭނާ ހޭދަކުރާ ވަގުތު ގޭތެރޭގެ ކަންކަމާއި ދަރިންގެ ކަންކަން ބެލެހެއްޓުމާއި، ގޭތެރޭގެ މުހިއްމު ގިނަ ކަންކަން ބެލެއްހެއްޓުމުގައި ފިރިމީހާގެ އެއްބާރުލުން ލިބެނީ ނުހަނު ފުރިހަމައަށް ކަމުގައި ބިޝާރަ ފާހަގަ ކުރެއެވެ.
ބައެއް ފަހަރު ހަފްތާ ބަންދުގައި ޖެހޭ ސްކޫލަށްދާން، ދެން އެކަހަލަ ދުވަހަކާ ފިރިމީހާ ގޭގައި ނުހުރެވޭ ދުވަހަކާ ދިމާވެއްޖިޔާ އަބަދުވެސް ބޮޑުދައިތަމެން ނޫނީ ކޮއްކޮމެން ގެޔައަށް އައިސް ކުދިންނާއި ގޭތެރޭގެ ކަންކަން ބަލަހައްޓައިދޭނެ
ބިޝާރާ އަލިފުޅު
ވުމާއެކު ބިޝާރާގެ ކިޔަވައިނުމުގެ ހަޔާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އޭނާގެ މުޅި އާއިލާގެ ހިއްސާ އޮތްކަން ފާހަގަކޮށް ބިޝާރަ އެކަމަށް ޝުކުރުއަދާކުރެއެވެ.
ބިޝާރަ ބުނި ގޮތުން އަބަދުވެސް އޭނާގެ ވަޒީގާފައި އޭނާ އެންމެ އިސްކަންދޭ ވަކި ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ ދިރިއުޅުމާއި ވަޒީފާ އެއްހަމަކޮށްގެން އުޅުންކަމަށެވެ. ދެން ދަރުވަރުންނަށް އެއްޗެއް އުނގަންނައިދެވޭ ވަރުގެ އިލްމުހުރި މުދަރިއްސަކަށްވުން ކަމުގައި ފާހަގަކުރަމުން ިޝާރާ ބުނީ މިއަދު އޭނާއަކީ އެފަދަ ޓީޗަރެއް ކަމުގެ އިހްސާސް، ބިޝާރާގެ ދަރުވަރުން އޭނާއަކީ ކޮންފިޑެންޓް ޓީޗަރެއްގެ ގޮތުގައި ސިފަކުރާ ސިފަކުރުމުން ކުރެވޭކަމުގައެވެ.
މިހާތަނަށް އެއްވެސް މަތީ މަގާމެއް ބޭނުންވެގެނެއް ނޫން އަޅުގަނޑު މަސައްކަތް ކުރީކީ، ފަހުން ނުފެނިދާނެއެކޭ ނޫން، އެކަމަކު އަޅުގަނޑު މިހާތަނަށް އަމާޒު ހިފައިގެން އިސްކަމެއް ދީގެން އައި ކަންކަމުގައި އަދި ވަރަށް ކާމިޔާބުކޮށް މިދަނީ
ބިޝާރާ އަލިފުޅު
ކިޔަވައިދޭ މީހެއްގެ ހުރުން އެންމެ މުހިއްމު އެއް ސިފައިގެ ގޮތުގައި ބިޝާރާ ސިފަކުރަނީ ރިވެތި އަހްލާގެވެ. އެއީ ކިޔަވައިދިމުގައި ސްކޫލުގައި އަދި ސްކޫލުން ބޭރުގައިވެސް މުދަރިއްސުން ވާނީ ދަރިވަރުންނަށް ނަމޫނާއެއްގެ ގޮތުގައި ކަމަށްވާތީއެވެ. ދެވަނަ ކަމެއްގެ ގޮތުގައި މި މަސައްކަތަށް ލޯބި އޮވެ ގަޔާވެގެން މަސައްކަތް ކުރާ މީހަކަށްވުން ބިޝާރާ ފާހަގަ ކުރެއެވެ. މީގެ އިތުރުން މުދަރިއްސަކަށް ވާ މީހަކީ އުނގެނުމަށް ލޯބިކުރާ އަދި އަމިއްލަ ނަފްސްގެ ކުރިއެރުމަށް ބޭނުންވާ މީހެއްގެ ކަމުގައި ވާންޖެހޭނެކަން ފާހަގަކޮށް ބިޝާރާ ބުނީ، ކިޔަވައިދިނުމުގެ ދާއިރާގައި ކުރިއަށް ދެވޭނީ ދަރުވަރުންގެ ފަރާތުން ބައެއް ހާލަތްތަކުގައި ހިތްހަމަ ނުޖެހޭ ކަންކަންވެސް ދިމާވާނެކަން ގަބޫލުކޮށްގެންކަމުގައެވެ.
ކޮންމެއަކަށް ބިޝާރާގެ 18 އަހަރުވީ ދަތުރުން ގިނަ ވާހަކަތަކެއް ބުނެދީފައެވެ. ގިނަ ދަރުސްތަކަކާއި ފިލާވަޅުތަކެއްވެސް ލިއްބައިދީފިއެވެ. ވޮއިސް ޓީމުގެ ފަރާތުން ބިޝާރާގެ މަސައްކަތުގައި ކާމިޔާބީ ދެއްވައި އިތުރު ކުރިއެރުން ލިބުމަށް އެދެމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists