10 Jun 2025
ރައުދުއަށް ދައުވާ ކޮށްފި، އަދަބަކީ އެންމެ މަހެއް
2025 އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
29 May 2025
ވާނުވާ ބަންދުގައި ތިބި ދެމީހަކު ދޫކޮށްލައިފި
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ފަށައި، އިއްޔެ ދެމީހަކު ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
28 May 2025
ރައީސްގެ އިއުލާނެއް؛ ވާނުވާ ބަންދުގައިވާ މީހުންނަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށައިފިން
‏ރައީސް ވިދާޅުވީ މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށެވެ.
27 May 2025
ރައުދު ދޫކޮށްލަން އެދުނީ އަދަބަށް ވުރެ ބަންދުގެ މުއްދަތު އިތުރުވުމުން
އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް, ހައްވާ ޔުމްނު ނަމަކަށް ކިޔާ އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލަން ނިންމީ ތުހުމަތުވާ ކުށުގެ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
26 May 2025
މުންޑޫގައި ސުކޫލަށް ހާޒިރުނުވާ މުވައްޒިފަކަށް މުސާރަ ދިން މައްސަލައެއް
މި މައްސަލައިގައި ދައުލަތަށް 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެ އެވެ. އެހެން ކަމުން މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ. މުންޑޫ ސްކޫލަށް އަންގާފައި ކަމަށް ބުންޏެވެ.
26 May 2025
ބިދޭސީން އަތުން އަތުލި ފައިސާއިން ޝަމްއާންގެ ސްޓޫޑަންޓް ލޯނެއް ދެއްކި
ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު، ބިދޭސީން އަތުން އަތުލި ފައިސާއިން އޭނާގެ 2 ސްޓޫޑެންޓް ލޯނެއް ދައްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
26 May 2025
މަނީ ލޯންޑަރިންނާއި ފޭރުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް، ސާބިތުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް
ޝަމްއާންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
21 May 2025
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އަޅުވައި ދޫކޮށްލުމުގެ މަސައްކަތް ފަށައިފި
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.